ރ20 :ުގަ އ2011 ްޗާ މ23 ،19 :ުރަބްމަ ނ ނ ވަދްއޯ ހިރު ކ؟ްއެޅުފޭ ބްނޮ ކ

Sun Magazine 19

  • Upload
    sun

  • View
    257

  • Download
    4

Embed Size (px)

DESCRIPTION

Sun Magazine 19

Citation preview

Page 1: Sun Magazine 19

2ރ0 ގު: އަ2011ޗް މާ23 ،19 :ބަރުނަމް

ކުރި ހޯއްދަާވީނ ކޮން ބޭފުޅެއް؟

Page 2: Sun Magazine 19
Page 3: Sun Magazine 19

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 19 23 މާޗް 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ 19 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 18 ވަނަ ޢަަދަދަށް ދެއްވި ތަރުހީބު ޝުކުރުވެރި ކަމާ އެކު

ބަލައިގަންނަމެވެ. ސަން ގެ ޮކންމެ އަދަދެއް ވެސް ފަހަރަކަށް ވުރެ ފަހަރެއް އިތުރަށް ފުރިހަމަ ކުރެވޭޯތ މި އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ޮގތުން ތަފާތު އެކި ރަހަ ތަކުގެ ލިޔުންތައް އިތުރު ކުރުމަށް

މެދު ނުކެނޑި ކުރަމުން މި އަންނަ މަސައްކަތުގެ ނަތީޖާ އިރާދަފުޅު ކުރެއްވިއްޔާ ކުރިޔަށް ޮއތް ތަނުގައި ފެންނަމުން ދާނެ އެވެ. މި މަސައްކަތަށް ޮއތް އެންމެ ޮބޑު ހުރަހަކީ ރަނގަޅު ފެންވަރުގެ ލިޔުންތެރިން ނުލިބުމެވެ. މި މަސައްކަތުގައި ސަން ޓީމުގެ ބަރުހަލިކަން ގުޅިފައި ވަނީ މި ދެންނެވި

ސަބަބާ އެވެ. ކުރީ ޢަދަދުގެ އެޑިޯޓރިއަލްގައި ވެސް އަޅުގަނޑު ފާހަގަ ޮކށްލި ފަދައިން ސަން އެފްއެމް އެޯވޑްސް މިހާރު މި ވަނީ ޢާންމުންގެ ޯވޓަށް ހުޅުވައިލާފަ އެވެ. ޯވޓުގެ ޯފރި މިހާރު ވަނީ ވަރަށް ޮބޑު ވެފަ އެވެ. ގަދަ ދިހަޔަކުން ގަދަ ފަހަކަށް ޮހވުނު 45 ފަރާތެއް މިހާރު ވަނީ އިއުލާނު ޮކށްފަ

އެވެ. އެ 45 ފަރާތުން ވެސް މިހާރު މަސައްކަތް ކުރަމުން އެ ގެންދަނީ ގަދަ ތިނެއްގެ ތެރޭގައި ހިމެނޭޯތ އެވެ. އެ ފުރުސަތު ޯހދައި ދިނުން ޮއތީ އެ ބޭފުޅުންގެ ސަޯޕޓަރުންގެ އަތް މަތީގަ އެވެ. އާންމު ރައްޔިތުންގެ

ޯވޓުން 50 ޕަސެންޓް މާކްސް އެސްއެމްއެސް އަށް ލިބޭ އިރު، ގަދަ ތިނެއް ޮހވުމަށް ޯވޓު ދިނުމުގެ ފުރުސަތު

މި މަހުގެ 25 ވަނަ ދުވަހުގެ ރޭ 12 ޖެހުމާ ހަމަޔަށް ވަނީ ހުޅުވައިލާފަ އެވެ. ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ ފަރާތްތަކަށް އެސްއެމްއެސް އިން ލިބޭ ވަގުތީ ނަތީޖާ

ޮކންމެ ދުވަހަކު ވެސް ސަން ޮއންލައިން އިން ފެންނާނެ ޮގތް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ސަން

އެފްއެމް އެޯވޑްސް 2010 ގެ މީޑިއާ ޕާޓްނަރު ވީޓީވީ އިން ވެސް މި ވަގުތީ ނަތީޖާ ޮކންމެ ދުވަހަކު ވެސް ފެންނަމުން ދާނެ އެވެ. ގަދަ ތިނަކަށް ވާދަ ކުރާ ފަރާތްތަކާ އެ ފަރާތްތަކަށް ޯވޓު ދޭނެ ޮގތުގެ

ތަފްސީލު ސަފުހާ ތަކެއް އެތެރޭގައި ހިމަނާފައި ވާނެ އެވެ. ޑީއާރްޕީގެ ލީޑަރޝިޕުގައި ހުޅުފަޅައި އަނދަމުންދާ އިރު، ޕާޓީގެ މުސްތަގުބަލު މި ވަނީ

ސުވާލު މާކެއްގެ ތެރޭގަ އެވެ. ނަތީޖާ ނެރުމުގައި ހުރި ފުރުސަތުތައް މި ވަނީ ހަނި ވެފަ އެވެ. ޕާޓީގެ ޒަައީމް އެއް ފަޅީގައި އަނެއް ފަރާތުގައި ލީޑަރު ތަސްމީނު ހުންނެވި އިރު، ދެ ބޭފުޅުން ހިންގަވާ

މަގު މި ވަނީ ބަދަލު ވެފަ އެވެ. ޕާޓީގެ އެންމެ މަތީ ދެ މަގާމުގައި ތިއްބެވި ދެ ބޭފުޅުންގެ ބަހުގެ ހަމަލަތައް ހޫނުވެ، ޒައީމް ތަސްމީނަށް ކުރެއްވި ތާއީދު ވެސް ވަނީ އަނބުރާ ގެންދަވައިފަ އެވެ. ޮބޑު ދެގެރި ތަޅަންޏާ ކައް ގަލަށް ބާރު ކުރާ އުސޫލުން، ތަސްމީނާ ޒައީމްގެ "ޯކޅުން" ޮބޑު ވެފައި ވާ

އިރު ޕާޓީގެ ކައުންސިލާ ހިސާބުން ފެށިގެން އާންމު މެންބަރުންނާ ހަމަޔަށް މި ކަމުގެ ސީދާ އަސަރު ދަނީ ކުރަމުންނެވެ. މިހާރުގެ ސުވާލަކީ މި ހާލަތަށް ބަލާ އިރު ދެން ވާނެ ޮގތެވެ. ކުޅި ހިންގާން ހުރި

މަގު ތަކެވެ. ފުރުސަތުގެ މަގުތައް ހުޅުވިފައި ހުރި ޮގތެވެ. މާޒީން ލިބޭ އިބުރަތެވެ. ދުނިޔެ ދައްކާ ތަޖުރިބާ އެވެ. އޭގެން ލިބޭ ފިލާވަޅެވެ. ދިވެހީންގެ އިއްޔެ އާއި މިއަދުން ފެންނަ ނިންމުން ތަކުގައި އެ މީހުންގެ ފިކުރާއި ވިސްނުން ގެންގުޅެފައި ހުރި ޮގތެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ބަލާ އިރު،

ޒައީމް މައުމޫނާއި ތަސްމީނަށް ސިޔާސީ ޮރނގުން ހުރި ފުރުސަތުތަކާ ގުޅޭ ވަރަށް ދިރާސީ ރިޯޕޓެއް މި ފަހަރުގެ އަދަދުގައި ހިމަނާފައި ވާނެ އެވެ. ޝިނާނު ލިޔުއްވާފައިވާ މި ލިޔުމަކީ ކިޔައިލުން ޮކންމެހެން

ވެސް މުހިންމު ލިޔުމެވެ. މީ މި ފަހަރުގެ ކަވަރު ސްޯޓރީ އެވެ. ރޭ އަނދިރި ވުމަކީ ދިވެހިންގެ މެދުގައި މަޝްހޫރު ވާހަކަ އެވެ. މި ކަމާ ގުޅޭ ޮގތުން މަޝްހޫރު ޮލލުގެ ޮޑކްޓަރު ޑރ. ޢަބްދުهللا ޖުނެއިދު އޭނާގެ ޮކލަމުގައި މި ފަހަރު ލިޔުއްވާފައިވާ ލިޔުމަކީ ވަރަށް މުހިންމު މައުލޫމާތު ތަކެއް ހިމެނޭ ލިޔުމެކެވެ. މުހައްމަދު އަމީނާ ގުޅޭ ޮގތުން

ތާރީޚީ ލިޔުންތެރިޔާ ސިއްކަގޭ ނަސީމް މި ފަހަރު ލިޔުއްވާފައިވާ ލިޔުމުގައި ހިމެނޭ މައުލޫމާތު ތަކަކީ އަޅުގަނޑު ގަބޫލު ކުރާ ޮގތުގައި ހަމަ ޮކންމެ ދިވެއްސަކަށް ވެސް އެނގުން ލާޒިމު މައުލޫމާތު ތަކެކެވެ.

މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް މުހިންމު ރިޯޕޓު ތަކާއި ޝައުގުވެރި ކުރުވަނިވި އެހެން ސަފުހާ ތައް ހިމަނާފައި ވާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

Page 4: Sun Magazine 19

4

Page 5: Sun Magazine 19

5

ރޭ އަނދިރިވުން ރޭއަނދިރި ވުން ނުވަތަ ޯރނާވުމަކީ ވަރަށް ކުރީ ޒަމާނުއްސުރެ

ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން ފާހަގަ ކުރެވިފައިވާ ޮލލުގެ ބައްޔަކަށް ކިޔާނަމެކެވެ. މިބަލި ވަރަށް ގިނަ ފަހަރު އެއް އާއިލާއެއްގެ ތެރޭގައި

ވާރުތަވާޮގތް މެދުވެރިވެއެވެ. ނަމަވެސް ސާޅީސް ޕަސެންޓު މީހުން ނަކީ ވާރުތަ ނުވެ ބަލިޖެހޭމީހުންނެވެ. މިބައްޔަކީ ގިނަފަހަރަށް މަޑުމަޑުން ޯލ އަނދިރި ޮކށްލާ

ބައްޔެކެވެ. ބަލި ޖެހުމުން ޮލލުގެ ބިއްޮދށުގައިވާ މުހިންމު ފަށަލަ ކަމުގައިވާ ރެޓީނާގެ "ސެލް" ތައް އުނިވެ ހަލާކުވެގެން ދާންފަށާނެއެވެ. މިހެންވުމުން ދެން ފެންނާނީ ރެޓިނާ ގައި ކަޅު ކުލައިގެ ލައްތަކެއް އަށަގަންނަތަނެވެ. މި ލައްތައް

ފުރަތަމަ ޖަހާނީ ރެޓިނާގެ އަރިމަތީ ގައެވެ. ނަމަވެސް މަޑުމަޑުން ލައްތައް ގިނަވެ މެދަށް އަރާތަން އަތުވެދާނެއެވެ. ނަމަވެސް މިބަދަލުތައް އަންނާނެ

އަވަސް ލަސްމިން ބުނުމަކީ ވަރަށް ދަތިކަމެކެވެ. މިހެން މިދެންނެވީ ތަފާތު އެކިމީހުންގެ ޮލލަށް މިބަދަލުތައް އަންނަން ނަގާނީ ކިހާ ދުވަހެއްކަން ބުނަން

ނޭނގޭތީ އެވެ. ބައެއް މީހުންގެ ވަރަށް ޒުވާން އުމުރުގައި ފެނުން ދަށްވިޔަސް އަނެއްބައި މީހުންގެ

ޯލ މުޅިން އަނދިރި ނުވެ ކިތަންމެ ދުވަހެއް ހިނގައިދާނެއެވެ. ގިނަފަހަރަށް މިބަލިން ލިބޭ

ގެއްލުންތައް ޮބޑަށް ފެންނަނީ ރެޓިނާގެ ތިރީ ކައިރިފަށުންނެވެ.

ބައެއް ޮޑކްޓަރުން ވިދާޅުވާ ޮގތުގައި މިކަމުން ދޭހަވަނީ

ގިނައިން ޮލލަށް އަލި އެޅޭދިމާ ޮބޑަށް ކަންފަތިވާކަމެވެ.

ހަށިގަނޑުގެ އެހެން ހިއްސުތަކާއި މިބައްޔާގުޅުމެއް ވުމަކީ ވެދާނެކަމެކެވެ. މިހެން މިދެންނެވީ މިބަލިޖެހިފައިވާ މީހުންގެ ތެރެއިން 30 ޕަސެންޓު މީހުންނަކީ ޮކންމެވެސް ވަރަކަށް ބީރުމީހުން ކަމުގައި ވާތީ އެވެ. އަދި އުފެދުމުގައި އައިބު އެކުލެވޭ ތަފާތު އެތައް ބައްޔެއް ރޭއަނދިރިވާ މީހުން ގެ ހަށިގަނޑުން ފާހަގަ ކުރެވިފައި ވުމާއި އެކު ރޭއަނދިރިވާ ޮކންމެ

މީހަކު އެތެރެހަށީގެ ޮޑކްޓަރަކަށް ދެއްކުމަކީ ވެސް މުހިންމު ކަމެކެވެ. ރޭއަނދިރިވާ މީހުން ގެ ފެނުމަށް ޮބޑެތި ބަދަލުތަކެއް އައިކަމުގައި ވިޔަސް

މުޅީން ޯލއަނދިރިވެ އެއްވެސް އެއްޗެއް ނުފެންނަވަރު ވާނީ ބަލިޖެހޭ މީހުން ގެ 0.5 ޕަސެންޓު މީހުންނަށެވެ.

ރޭއަނދިރި ވުމަކީ ޮލލުގެ ޮޑކްޓަރުންނަށް ފަސޭހައިން ދެނެގަނެވޭ ބައްޔެކެވެ. ޮލލުގެ އެތެރެ ބަލާލުމުން ރެޓިނާގައި ހުންނަ ކަޅު ލައްތައް ފާހަގަ

ކުރެވުމުގެ އިތުރުން ލޭޮހޅި ތަކަށް ވެސް ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވޭނެ އެވެ. މީގެ އިތުރުން ޮލލުގެ ލެންސް ފުސްވެ، ނާރުގެ ކުލައަށް ބަދަލު އައުން ހިމެނެއެވެ. މިބަލި ޮބޑަށް ޖެހިފައިވާ މީހުންނަށް ދެއަރި މަތީން ނުވަތަ މަތީން ތިރިއަށް ފެންނަވަރު ކުޑަވާނެއެވެ. އަދި ޮލލަށް އަލި އެޅުމުން އަންނަ ގުދުރަތީ ބަދަލުތައް އައުން ލަސްވާޮގތް ވެއެވެ. މިހެންވުމުން ސިކުނޑި އަށް

މިމައުލޫމާތު ބޭނުންވާ އަވަސްމިނުގައި ޯފރުޮކށް ނުދެވޭ ޮގތް ވެދާނެއެވެ. ނަތީޖާ އަކީ މިބަލި ޖެހިފައިވާ މީހުން އަލިތަނަކުން އަނދިރިތަނަކަށް ބަދަލުވެއްޖެ

ހިނދެއްގައި ވަރަށް ގިނައިރުން ނޫނީ ހިޔަނިވެސް ނުވެ ހިނގައިދާނެއެވެ. އަދި އަނދިރި ތާކުން އަލިތާކަށް ނުކުތުމުން ޮލލަށް ވަރަށް އުނދަގޫވާ ޮގތް ވާނެއެވެ.

ބަލިޖެހޭ ވަރަށް ގިނަ މީހުންނަށް ކުދިކުދި އަލި ޮކޅުތަކެއް ޯލކުރިމަތީން މެދުނުކެނޑި ދަތުރުކުރާތަންވެސް ފެނިދާނެއެވެ. މިބަލި ދެނެގަތުމަށް ހެދޭ

ޓެސްޓް ތަކެއްހުރެއެވެ. އިލެކްޓްޯރރެޓިޯނގްރާމް އަކީ މިތަނުން ފާހަގަ ޮކށްލެވޭ ޓެސްޓެކެވެ. ް ޮލލަށް އެޅޭއަލި އިލެކްޓްރިކް ސިގްނަލް ތަކަކަށް

ބަދަލުޮކށް ސިކުޑި އަށް ޮފނުވާދޭ ސެލްތަށް މަސައްކަތް ކުރާވަރު މިޓެސްޓުން ދެނެގަނެވޭނެއެވެ. ނަމަވެސް މިއީ ރާއްޖޭގައި އަދި ހެދޭ

ޓެސްޓެއްނޫނެވެ.ރޭއަނދިރި ވުމަކީ ވަކި ފަރުވާ އެއް ޮކށްގެން ބަލިން ލިބޭ

ގެއްލުން ތައް އަދި ކުޑަކުރެވޭ ބައްޔެއްނޫނެވެ. ނަމަވެސް ކަސްރަތުކުރުމާއި، އަވިއައިނު އެޅުން އަދި ކެއުމުގައި ފެހި ތަރުކާރީ ގެބާވަތްތައް ހިމެނުމަކީ

ކުރެވިދާނެ ކަންތައްތަކެވެ. ވަރަށް ގިނަމީހުންނަށް ހީކުރެވިފައި ޮއންނަޮގތުގައި މިބަލިޖެހޭ މީހުން ވިޓަމިން އޭ، ވިޓަމިން އީ ފަދަ ވިޓަމިން ތައް ކެއުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް އެއްވެސް ބެލުމަކާއި ނުލާ މިފަދަ ވިޓަމިން

ތައް ކެއުމަކީ ރަނގަޅު ކަމެއްނޫނެވެ. މިހެން މިދެންނެވީ ވިޓަމިނުގެ ސަބަބުން މިބައްޔަށް

ބަދަލެއް ނައިސް އޭގެ ނުބައި އަސަރު ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޮކށްފާނެތީ އެވެ. މީގެ އިތުރުން މިބަލި ރަނގަޅު ކުރުމުގެ

ނިޔަތުގައި ވިޔަފާރި އަށް އެކަނި އަމާޒު ކުރެވިގެން ވިއްކާ ޚަބަރު ނޭނގޭ އެކިކަހަލަ ހަކީމީ ބޭސް ބޭނުން ކުރުމަކީ އެއްޮގތަކަށް

ވެސް ބުއްދިވެރި ކަމެއްނޫނެވެ. ރޭއަނދިރިވާ މީހުން އަހަރަކު

އެއްފަހަރު ޮލލުގެ ޮޑކްޓަރަކަށް ދެއްކުމަކީ ރަނގަޅު ކަމެކެވެ. މިހެން ދައްކާ އިރު އައިނު ނަންބަރު ބަދަލުކުރުން، ޮލލުގެ ލެންސް ނުސާފު ވޭޯތ ބެލުން، ދެއަރިމަތީން ނުވަތަ މަތިން ތިރިއަށް ފެންނަވަރު ބެލުމުގެ އިތުރުން، ފެންނަ ވަރުގެ ސާފުކަމަށް އަންނަ ބަދަލުތައް ދެނެގަނެވޭނެ އެވެ. މީގެ އިތުރުން ކުލަފެނުމުގައި ދަތިތަކެއް ފާހަގަ ކުރެވޭޯތ ބެލުމާއި ނާރުގެ އަރިމައްޗަށް އެއްވެސް ދުޅައެއް އަރާފައި ވޭޯތވެސް ބެލިދާނެއެވެ. އަދި ބަލިމީހާއަށް އައިނަކުން ނުފުދޭނަމަ އަކުރުތައް ޮބޑުޮކށްގެން ކިޔާ އާލާތް ތަކަށްއޭނާ

އަހުލުވެރިޮކށް މިފަދަ ތަކެތި ޯހދަދިނުމުގައި އެހީތެރިވެވިދާނެއެވެ. ރޭއަނދިރިވުމަށް އެދެވޭ ފަރުވާއެއް ޯހދުމަށް ވަރަށް

ގިނަޒަމާންތަކެއް ވާންދެން ދުނިޔޭގެ އެކިކަންޮކޅުގައި ނަން މަޝްހޫރު ޮލލުގެ ޮޑކްޓަރުން ނާއި އެހެނިހެން ސައިންސްވެރިން ކެޑިނޭޅި އެތައް

ތަހުލީލު ތަކެއް ކުރައްވަމުން އެބަގެންދަވައެވެ. ނަމަވެސް ގިނަމީހުންނަށް ފައިދާ ކުރާކަހަލަ އެދެވޭ ނަތީޖާ އަކާއި ހަމައަށް އަދި ދެވިފައެއް ނުވެއެވެ. މީގެ ތެރެއިން ފާހަގަ ޮކށްލެވޭ ބައެއް ކަންތައް ތަކުގެ ތެރޭގައި ރެޓިނާގެ

ހަލާކުވެފައި ވާ ބައި ބަދަލު ކުރުން، ބައެއް ކަހަލަ ކެމިކަލް ބޭނުން ޮކށްގެން ރެޓިނާ ހަލާކުވަމުންދާ ވަރު ކުޑަކުރުން ނުވަތަ މަޑު ޖެއްސުން،

ލެޯބޓަރީގައި އުފައްދާފައިވާ "ސެލްތަކެއް" ހަލާކުވެފައިވާ ރެޓިނާ ގެ ތަންތަންޮކޅު ގައި އަށަގަނޭޯތބެލުން، އަދި މަސްނޫއީ ރެޓިނާ އެއް އުފެއްދޭޯތ

ބެލުން ހިމެނެއެވެ. މިފަދަ ކަމެއް ކާމިޔާބުވާންދެން އަޅުގަނޑުމެންނަށް ޖެހޭނީ ކެތްތެރި ކަމާއި އެކު އިންތިޒާރު ކުރާށެވެ.

ޑރ. ޖުނައިދުގެ އިރުާޝދު

Page 6: Sun Magazine 19

www

6

ދަ ކޭންޓަރބެީރ ޓޭލްސް"ދަ ކޭންޓަރބެރީ ޓޭލްސް" އަކީ މެދު ޒަމާނުގެ އިނގިރޭސި ބަހުން

އެކުލަވާލެވިފައި ވާ މަޖުމޫއާއެކެވެ. ޝައުގުވެރިކުރުވަނިވި އެތައް ވާހަކައެއްގެ މައްޗަށް އެކުލެވިފައި ވާ މަޖުމޫއާއެކެވެ. 14 ވަނަ ގަރުނުގެ ފަހުޮކޅު މި މަޖުމޫއާ

އެކުލަވައިލެއްވީ އިނގިރޭސި ބަހުގެ މަޝްހޫރު އަދީބެއް ކަމަށް ވާ ޖިޮއފްރީ ޗައުސަރ އެވެ. ގިނަ ބަޔަކު ސިފަކުރާ ޮގތުގައި އޭނާއަކީ އިނގިރޭސި އަދަބިއްޔާތުގެ ބައްޕައެވެ.

މި ޝަރަފުވެރި ލަގަބު ޗައުސަރ އަށް ލިބިވަޑައިގަތުމުގެ އެންމެ ޮބޑު ސަބަބަކީ އިނގިރޭސި އަދަބިއްޔާތުގެ މުއައްރިޚުން ވިދާޅުވާ ޮގތުގައި "ދަ ކޭންޓަރބެރީ ޓޭލްސް"

މަޖުމޫއާއެވެ. ޗައުސަރ ދުނިޔޭގައި އުޅުއްވީ މީލާދީން 1343 އިން ފެށިގެން 1400 އާ ހަމަޔަށެވެ. އާއްމުޮކށް ބެލެވިފައި ވާ ޮގތުން އޭނާއަކީ މެދު ޒަމާނުގެ އިނގިރޭސި ބަހުގެ ޅެންވެރީންގެ ތެރެއިން އެއްވަނައެވެ. ވެސްޓްމިންސްޓަރ އެބީ ގަބުރުސްތާނުގެ

"ޝާއިރުންގެ މަކާނު" ގައި ފަސްދާނުލެވުނު ފުރަތަމަ ޅެންވެރިޔަކީ ވެސް އޭނާއެވެ. އޭނާގެ މަސައްކަތްޕުޅުގެ ދާއިރާއަކީ ހަމައެކަނި ވާހަކަ ވިދާޅުވެދެއްވުމާއި

ޅެންވެރިކަމެއް ނޫނެވެ. އިނގިރޭސި ރަސްކަމުގެ ޮބޑެއްގެ ހައިސިއްޔަތުން ދަރުބާރުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި، އަދި ޝާހީ ދަރުބާރުގެ ސަފީރެއްގެ ހައިސިއްޔަތުން

އަލްއުސްތާޛު އަޙުމަދު މާޖިދު

ދަ ީސކްރެޓް ާގރޑެން ފޮތުގެ ދުނިޔެއިން

ފްރާންސެސް ޮހޖްސަން ބާރނެޓްގެ ނަންފުޅަކީ އިނގިރޭސި އަދަބިއްޔާތުގެ އެންމެ ވިދުވަރީ އެއް ނަމެވެ. އޭނާ ލިޔުއްވި "ދަ

ސީކްރެޓް ގާރޑެން" އަކީ އެ ވާހަކައެއްގެ މަގުބޫލުކަމަށް އިރު ޮއއްސުމެއް ނެތް ވާހަކައެކެވެ. އެ ވާހަކައަކުން ދެވޭ މެސެޖަށް މުސްކުޅިކަމެއް ނާންނަ ވާހަކައެކެވެ. މި ވާހަކަ ބާރނެޓް ލިޔުއްވީ ކުޑަ ކުދީންނަށް

އަމާޒުކުރައްވައިގެންނެވެ. ނަމަވެސް 1910 ވަނަ އަހަރު ޝާއިއުކުރެވުނު "ދަ ސީކްރެޓް ގާރޑެން" ގެ ޖާދޫގައި ޖެހެނީ ހަމައެކަނި ކުޑަ ކުދީންނެއް ނޫނެވެ.

ޮބޑެތި މީހުން ވެސް މެއެވެ. ޮފތް ޝާއިއުކުރެވުމަށް ފަހު އެތައް ޖީލެއް ފާއިތުވެޮގސްފައި ވިޔަސް، މިއަދު ވެސް އިނގިރޭސި އަދަބިއްޔާތަށް ޯލބިކުރާ މީހުންގެ ގާތުގައި އެންމެ ޚާއްސަ އެއް ވާހަކައަކީ "ދަ ސީކްރެޓް ގާރޑެން"

އެވެ. މައިންބަފައިންގެ ޯލބި ނުލިބި ޮބޑުވަމުން އައި މޭރީ އާއި، މަރުގެ

އިންތިޒާރުގައި ބަލި އެނދުގައި ޮއތް ޮކލިން އާއި، ޤުދުރަތުގެ އުނގުގައި ޮބޑުވަމުން އައި ޑިކަނާ ތިން ކުދީންގެ ރާސްތާ އެއް ރާސްތާއަކަށް ވި

ޮގތާއި، އޭގެ ސަބަބުން ތިން ކުދީންގެ ދިރިއުޅުމަށް އުފާވެރިކަމާއި ހުނުމުގެ ސިލްސިލާއެއް އައި ޮގތް "ދަ ސީކްރެޓް ގާރޑެން" ގައި ކިޔައިދެވިފައި ވާ ފަދަ ފުރިހަމަޔަށް ކިޔައިދިނުމަކީ ޮކންމެ ޮކންމެ މުސައްނިފަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ގަބޫލުފުޅު ކުރެއްވޭނީ "ދަ ސީކްރެޓް ގާރޑެން"

ވިދާޅުވެލެއްވުމުންނެވެ.

ގައުމުން ބޭރަށް ވެސް ދަތުރުފުޅުކުރެއްވި ޗައުސަރަކީ ފަލްސަފާއާއި އަލްކީމިޔާއާއި ފަލަކީ އިލްމުގެ ތެރެއަށް ވެސް ވަދެވަޑައިގެން ހުންނެވި ބޭފުޅެކެވެ. "ދަ ކޭންޓަރބެރީ ޓޭލްސް" ގެ އިތުރުން އެހެނިހެން ޮފތްތައް ވެސް އޭނާ ތަސްނީފުކުރެއްވިއެވެ. އޭނާގެ އެންމެ ފާހަގަޮކށްލެވޭ

މަސައްކަތްތަކުގެ ތެރޭގައި "ޓްޮރއިލަސް އެންޑް ކްރިސެއިޑް" އާއި "ލެޖެންޑް ޮއފް ގުޑް ވިމަން" އާއި "ހައުސް ޮއފް ފޭމް" ހިމެނެއެވެ. ޗައުސަރ އަށް އިނގިރޭސި އަދަބިއްޔާތުގެ ބައްޕަގެ ލަގަބު ލިބިވަޑައިގެންނެވުމުގައި، އަދި އިނގިރޭސި ބަހުގެ އަހުލުވެރީންގެ ޯލތްބާއި ރުހުން ލިބިވަޑައިގަތުމުގައި އެންމެ ޮބޑު އެއް ސަބަބަކީ އިނގިރޭސި މުޖުތަމައުގެ އަދަބީ މައިދާނުން ލެޓިން ބަހާއި ފަރަންސޭސި ބަހުގެ ނުފޫޒު ނެއްތައިލުމުގައި އޭނާ ޯހއްދެވި

ކާމިޔާބެވެ. އޭނާގެ ޮފތްތައް، ޚާއްސަޮކށް "ދަ ކޭންޓަރބެރީ ޓޭލްސް" އަކީ އާއްމު އިނގިރޭސި ބަހުން އެކުލަވައިލެވުނު ޮފތްތަކެވެ. އެ ޮފތްތަކުގެ ސަބަބުން މައް އިނގިރޭސި ބަހުގެ

އަދަބިއްޔާތު ވުޖޫދަށް އައެވެ. "ދަ ކޭންޓަރބެރީ ޓޭލްސް" ގެ ޮބޑު ބައި އެކުލަވައިލެވިފައި ވަނީ ޝައުރު ނުވަތަ ޅެން ބަހުރުވައިންނެވެ. ނަމަވެސް ޮފތުގެ ބައެއް ވާހަކަތައް ހުރީ ނަޘުރުންނެވެ. މަޖުމޫއާގެ ވާހަކަތައް ހުންނަނީ، ސައުތުވާރކުން ކޭންޓަރބެރީ ޮބޑު ފައްޅީގައި ހުންނަ ސެއިންޓް ޯތމަސް ބެކެޓްގެ މަގުބަރާއަށް ޒިޔާރަތްކުރަން ދާ ބަޔަކު، ދަތުރުމަތީގައި

އަދަބާއި ފަންނު

Page 7: Sun Magazine 19

www

7

އެއް ދުވަހެއްގެ ހަވީރުގެ ވަގުތު ބަހްލޫލުލް މަޖުނޫން އޭނާގެ ގޭގައި އިންދައި، ޚަލީފާ ހާރޫނުއްރަޝީދުގެ ވަރަށް އަރިސް ބޭފުޅަކު އޭނާއަށް ޒިޔާރަތް ކުރިއެވެ. އެ ބޭފުޅަކު ވަޑައިގެންނެވީ އަރިއަހުގައި ހަތަރު ފަސް ޣުލާމުން ވެސް

ލައްވައިގެންނެވެ. ބަހުލޫލު އެ ބޭފުޅާއަށް މަރުޙަބާދެންނެވިއެވެ. ކަދުރާއި ފެނުން އޭނާއަށް މެހެމާންނަވާޒީ ކުރިއެވެ. އިއްޒަތްތެރިޔާއަކީ ނިކަމެތީންގެ ނިކަމެތިކަމަކީ ލައުނަތެއް

ކަމަށް ބައްލަވާ ބެއިފުޅެކެވެ. އިއްޒަތުގެ ފުރާޅާއި ފޭރާމާއި ކާނާއަށް ހޭނިވަޑައިގެންފައި ހުންނެވި ބޭފުޅެކެވެ. ބަހުލޫލުގެ ހާލަތު ފެނިވަޑައިގަތުމުން އޭނާގެ ހިތްޕުޅުގައި ފާޑެއްގެ ހަމްދަރުދީއެއް އުފެދުނެވެ. އެހެންވެ އަރިއަހުގައި އައިސް ތިބި ޣުލާމުންގެ ތެރެއިން

މީހަކަށް ސިއްރުސިއްރުން އެންގެވީ ގަނޑުވަރަށް ޮގސް ބަހުލޫލުގެ ރޭގަނޑުގެ ނާސްތާއަށް ޝަރުބަތާއި ކިރާއި މާމުޔާއި ހަނާކުރި މަހާއި އަލުއްވާއި ދެންވެސް އެ ބާވަތުގެ ތަކެތީން

ފުރާގަށް ފުދޭ މިންވަރު ގެންނާށެވެ. ޚަލީފާގެ ގަނޑުވަރު ހުންނަނީ ބަހުލޫލުގެ ޖިފުޓިއާ މާ ދުރަކު ނޫނެވެ.

އެހެންކަމުން ޣުލާމު ކަލޭގެ ހަރުގަންނުވާފައި ގަނޑުވަރަށް ޮގސް، ނުހަނު މީރު، މާތް ކާނާގެ ބާވަތްތަކުގެ ތެރެއިން އެކަކަށް އެއް ދުވަހަށް ފުދޭހައި ކާނާ ހިފައިގެން،

ދިޔަ ލެކަށް ވުރެ އަވަހަށް އެނބުރި އަތުވެއްޖެއެވެ. އެއިރު ޢިއްޒަތްތެރިޔާ އިންނެވީ ބަހުލޫލާ އެކިއެކި ވާހަކަތައް ދައްކަވާށެވެ. އޭނާގެ ވާހަކަފުޅުގެ ނާރެހަކީ ފަގީރުކަމުގެ ނުބައިކަމެވެ. ރީތި ގަނޑުވަރުތަކާއި، ނާޗަރަންގީގެ މަހެފިލްތަކާއި، ޮމޅު ފޭރާމާއި، މާތް ކާނާއިން މަހުރޫމުވުމުގެ ނިކަމެތިކަމެވެ. މިފަދަ ވާހަކަތަކެއް ދައްކަވަން ޢިއްޒަތްތެރިޔާ އިންނަވަނިޮކށް ޣުލާމުކަލޭގެ ކާއެއްޗެހި ހިފައިގެން އައިސް ޖިފުޓިއަށް އެބަ ވަނެވެ.

އެހިނދު، ޢިއްޒަތްތެރިޔާ ބަހުލޫލުގެ ގާތުގައި ވިދާޅުވިއެވެ. "މިހިރީ ކަލޭގެއަށް ހަދިޔާއެއް ކުޅައުމުގެ ނިޔަތުގައި އަހަރެން ގަނޑުވަރުން ގެނުވި ނާސްތާއެކެވެ."

ޣުލާމު ކަލޭގެ އެއް ފަރާތެއްގައި ހުރި ކުޑަ މޭޒެއްގެ މަތީގައި ކާނާ އަޅައިފައި ހުރި ކަންވާރުތައް ބެހެއްޓިއެވެ. ދެން ބަހުލޫލު ހެދި ޮގތަކީ ޖިފުޓީގެ

ޮދރުމަތީގައި ޮއތް ކުއްތާއަކަށް ޮގވައި ގެނެސް، އެ ޮސރުގެ ކުރިމަތީގައި އެ ކަންވާރުތައް ބެހެއްޓީއެވެ. ކުއްތާ ބަލާކަށް ޯނވެ އެ ޮސރުގެ ދިގު ދޫ ނެރެގެން، ކުރިމަތީގައި

ހުރި ކާއެއްޗެއްސަށް އިންސާފުކުރަން ފަށައިފިއެވެ. އެ މަންޒަރު ފެނިވަޑައިގަތުމުން ޢިއްޒަތްތެރިޔާގެ މޫނުފުޅުމައްޗަށް ހައިރާންކަމުގެ ޝުއޫރުތައް ވެރިވެ، އޭނާގެ ދެ ބުމަފުޅު ޮގށްޖެހިއްޖެއެވެ. ދެން ދެ އަތްޕުޅު ފުޅާޮކށްލައްވާފައި ވިދާޅުވެއްޖެއެވެ. "ބަލަ ބަހުލޫލެވެ! ކަލޭގެއަށް ފަހެ ނޭނގެނީ ހެއްޔެވެ؟ ތިޔައީ ޚަލީފާގެ ބާވަރުޗީޚާނާގައި ތައްޔާރުކުރެވިފައި

ހުރި ތަކެއްޗެވެ. އަހަރެން ތިޔަ ތަކެތި މި ގެނުވީއަކީ ކުއްތާއަށް ކާން ދޭކަށް ނޫނެވެ. ކަލޭގެއަށް ޓަކައެވެ." އިއްޒަތްތެރިޔާ މިހެން ވިދާޅުވުމާ އެކު، ބަހުލޫލު އަތުގެ

އިޝާރާތަކުން، ހިމޭންވެވަޑައިގަންނަވަން އެ ބެއިފުޅާއަށް ދެންނެވިއެވެ. އަދި ވައި އަޑަކުން ނަންގަތެވެ. "ތިޔަހެން ވިދާޅުނުވާށެވެ. މިއީ ޚަލީފާގެ ބާވަރުޗީޚާނާއިން ގެނެވިފައި ހުރި

ތަކެތިކަން އެނގިއްޖެ ނަމަ މި ކުއްތާ ވެސް އެ ތަކެތި ނުކާނެއެވެ." ތިމާގެ ޮބޑުކަން ދެއްކެވުމަށް ޓަކައި ޢިއްޒަތްތެރިޔާ ގެންނެވި ފަރިއްޮކޅާއި، އޭނާގެ ބަސްފުޅުތަކަށް ބަހުލޫލު ދިން މި ޖަވާބު ވީ އެ ބެއިފުޅާ ވަރަށް ނުރުއްސެވި ޖަވާބަކަށެވެ. އެހެންވެ، އިރުޮކޅަކު އެއްޗެކޭ ވިދާޅުނުވެ އިންނަވައިފިއެވެ. އެއަށްފަހު

ކުއްލިޔަކަށް ވިދާޅުވިއެވެ. "އޭ ބަހުލޫލެވެ! އަހަރެން މި ހުންނަނީ ހަނދާން ނެތިފައެވެ. މިއަދުން ފެށިގެން ކަލޭގެއަށް ބަޣުދާދުގެ ކުއްތާތަކާއި، ކުކުޅުހާލާއި، އޫރުތަކުގެ އަމީރުކަން

ދެއްވި ވާހަކަ ޚަލީފާ ވިދާޅުވިއެވެ. އަދި އެ ކަން ކަލޭގެއަށް އަންގަން އަހަންނަށް އަމުރުކުރެއްވިއެވެ." ބަހުލޫލު ނަންގަތެވެ. "އެހެންޯތއެވެ! އެހެންވިއްޔާ އަމީރެއްގެ

ހައިސިއްޔަތުން މަނިއްޕުޅަށް އަޅުގަނޑު ފުރަތަމަ އިއްވާ އަމުރަކީ ހަށިޮކޅުގައި ތިޔަ ހުރި ޒީނަތްތެރިކަމުގެ ސާމާނާއި ފޭރާމުގެ ތެރެއިން އިންސާނަކަށް ފުދޭ މިންވަރު

ބާއްވަވައިފައި، ބާކީ ބައި ސަދަގާތްކުރެއްވުމުގެ އަމުރެވެ." ދެން ޢިއްޒަތްތެރިޔާގެ ޣުލާމުން ބަނޑަށް ހޭން ފަށައިފިއެވެ. އިއްޒަތްތެރިޔާ ޯކފާގެ ޮކޅަށް ޯކފާ އިސްކުރައްވާފައި،

ތެދުވެވަޑައިގެން ބަހުލޫލުގެ ޖިފުޓީން ނިކުމެވަޑައިގެންފިއެވެ.

މުބާރާތެއްގެ އުސޫލުން ކިޔައިދޭ ވާހަކަތަކެއްގެ ޮގތުގައެވެ. ޮކންމެ މީހަކު ވެސް ދެ ވާހަކަ ކިޔައިދެނީއެވެ. އަދަބިއްޔާތުގެ މުއައްރިޚުން ވިދާޅުވާ ޮގތުގައި ޗައުސަރ "ދަ ކޭންޓަރބެރީ ޓޭލްސް" އެކުލަވައިލެއްވީ އިނގިރޭސި ދަރުބާރުގެ ސަފީރެއްގެ ހައިސިއްޔަތުން އިޓަލީއަށް ކުރެއްވި ދަތުރުފުޅަކަށް ފަހުގައެވެ. އިޓަލީގެ މަޝްހޫރު މަޖުމޫއާއެއް ކަމަށް ވާ "ދަ ޑިކެމަރަން" އިން ޚިޔާލު ޯހއްދަވައިގެންނެވެ. މީގެ

އިތުރަށް ވެސް ޤަދީމީ ވަރަށް ގިނަ މަސްދަރުތަކުން ޗައުސަރ ޚިޔާލު ޯހއްދަވާފައި ވެއެވެ. ކުރީން ކިއިފައިވާ ވާހަކަތަކުގެ މުހިއްމު ބައިތަކެއް އޭނާގެ ވާހަކަތަކުގައި ހިމަނުއްވާފައި ވެއެވެ. ހަމަ އެ ފަދައިން "ދަ ކޭންޓަރބެރީ ޓޭލްސް" މަޖުމޫއާ

އެކުލަވައިލެއްވުމުގައި ޗައުސަރ ވަނީ މުސްކުޅި ޒަމާނުގެ ދީނީ ލިޔުންތަކުގެ ބޭނުން ވެސް ހިއްޕަވައިފައެވެ.

"ދަ ކޭންޓަރބެރީ ޓޭލްސް" މަޖުމޫއާ ފެށެނީ ސައުތުވާރކް ގެ މުސާފިރުހާނާއެއްގައެވެ. ވާހަކަ ކިޔައިދޭ މީހާއާ އެ ތަނުން ނަވާވީސް ދަތުރުވެރީންނާ

ބައްދަލުވެއެވެ. އެ ދަތުރުވެރީންނަކީ ސެއިންޓް ޯތމަސް ބެކެޓްގެ މަގުބަރާއަށް ޒިޔާރަތްކުރަން ހިތުލައިގެން ނިކުމެގެން އުޅޭ ދަތުރުވެރީންނެވެ. އޭގެ ތެރޭގައި

ހަނގުރާމަވެރި ބަހާދަރަކާއި، އައްޔާރަކާއި، ހާމުދުރަކާއި، ސައުދާގަރަކާއި، ކާތިބަކާއި، ގާނޫނުގެ އަހުލުވެރިޔަކާއި، ވަޑިއަކާއި، ވިޔާމީހަކާއި، ކައްކާމީހަކާއި، ނައުފަހަރުގައި

ދަތުރުޮކށް އުޅޭ މީހަކާއި، ބޭސްވެރިއަކާއި، އަދިވެސް މިފަދަ އެތައް ބަޔަކު ހިމެނެއެވެ. ޖަމާއަތުގެ ތެރޭގައި ނަގާކިޔާ މީހާ ނިންމަނީ ސައުތުވާރކުން ފެށިގެން

ކޭންޓަރބެރީއާ ހަމަޔަށް ދަތުރުމަތީގައި ޮކންމެ މީހަކު ވެސް ދެ ވާހަކަ، އަދި އެނބުރި ސައުތުވާރކަށް އަންނަ މަގުމަތީގައި ވެސް ޮކންމެ މީހަކު ދެ ވާހަކަ ކިޔާށެވެ. ނަމަވެސް ފެންނަން ހުރި މެނޫސްކްރިޕްޓްތަކަށް ބަލާ އިރު، "ދަ ކޭންޓަރބެރީ

ޓޭލްސް" ގައި މިހާރު ފެންނަން ހުރީ ޮކންމެ ދަތުރުވެރިޔަކު ވެސް ސައުތުވާރކުން ކޭންޓަރބެރީއަށް ދިޔަ ދަތުރުގައި ކިޔާފައި ވާ ދެ ވާހަކައެވެ. އެހެންކަމުން ބެލެވޭ

ޮގތުގައި ޖިޮއފްރީ ޗައުސަރ އަކަށް އޭނާ ބޭނުންފުޅުވި މިންވަރަށް "ދަ ކޭންޓަރބެރީ ޓޭލްސް" ފުރިހަމަކުރެއްވިފައެއް ނުވެއެވެ. އެހެން ނަމަވެސް މި މަޖުމޫއާއަކީ

އިބުރަތާއި ހިކުމަތުން ފުރިގެން ވާ، ފޫހިފިލުވައިލުމަށް ޓަކައި ވަރަށް ވެސް އެކަށޭނަ ބައިވެރިއެކެވެ.

ބަހުލޫލުގެ މެހުާމން

Page 8: Sun Magazine 19
Page 9: Sun Magazine 19
Page 10: Sun Magazine 19

ޮގތަބަޔާ ރާޖަަޕްކްސަ

Page 11: Sun Magazine 19
Page 12: Sun Magazine 19
Page 13: Sun Magazine 19
Page 14: Sun Magazine 19

އަޅުގަނޑުގެ އުމުރުން ދިހަ ބާރަ އަހަރުގެ ތެރޭގައި، ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް، ސުމުއްވުލް އަމީރު މުޙައްމަދު

އަމީން ޮދށިމޭނާ ކިލެގެފާނު ހުންނަވަނީ އެ މަނިކުފާނުގެ މަތިވެރި މަޤާމުތަކުން ވަކިކުރެވި، މާލެ އަޮތޅު ދޫނިދޫގައި ބަންދުކުރެވިފައެވެ. އެ މަނިކުފާނު ދޫނިދޫގައި ހުންނަވަނީ ވަރަށް މިނިވަންޮކށެވެ. ދޫނިދޫގައި

އުޅުއްވާނެ ތަނެއްގައި އުޅުއްވުމުގެ މިނިވަންކަން ޮއވެއެވެ. ފަރިއްޮކޅު ކެއްކުމަށާއި، އެހެނިހެން

ޚިދުމަތްތަކަށް ބޭނުން ވާނޭ ޯނކަރުން ތިބެއެވެ. މި ކަންކަން މިހެން ހިނގާފައި ވަނީ އަދުލު

އިންސާފުގެ މަގުން، ޝަރީއަތެއް ކުރެވި، ހުކުމެއް ކުރެވިގެނެއް ނޫނެވެ.

މި ހުންނެވި ހުންނެވުމުގައި، މާލެއާއި ދޫނިދުއާ ދެމެދު ސިއްރު ސިޓީތަކެއް

ބަދަލުކުރެވެމުން ދިޔައެވެ. ކަމުގެ އާޚިރު ނަތީޖާ ވަރަށް ވެސް ހިއްޗެވެ. މުޙައްމަދު

އަމީނު ނުލާހިކު "ހިތްފަސޭހައިގައި" ދޫނިދޫގައި ހުންނަވަނިޮކށް، މާލޭގެ ޮބޑުންގެ ބޭފުޅުންޮކޅެއް

އެއްބަސްވެވަޑައިގެންފައި، އެ މަނިކުފާނު މާލެ ގެނައުން ވީ، ވަރަށް ވެސް ހިތާމަވެރި،

ދިވެހި ތާރީޚުގައި އެފަދަ ކަޅު ދުވަހެއް ނުދެކޭ ފަދަ ކަޅު، އަނދިރި ދުވަހަކަށެވެ.

މުޙައްމަދު އަމީނު ދޫނިދޫ ބަންދުގައި ހުންނެވީ ބަރާބަރު ހަތަރު މަސް ދުވަހުއެވެ. މުޙައްމަދު

އަމީނު ބަންދުކުރެވުނީ 03 ސެޕްޓެންބަރު 1953 ދުވަހުއެވެ. މުޙައްމަދު އަމީނު މާލެ

ވަޑައިގެންނެވީ އެ ފަހުން ބަރާބަރު ހަތަރު މަސް ފުރުނު ރޭ، ފުރަމެންދަމުގެ ވަގުތެއްގައެވެ.

އަޅުގަނޑުމެންގެ ގެ، ސިއްކަގެ، ހުންނަ މެދުޒިޔާރަތް މަގުގައި އަޑުފަށްގަނޑު ގަދަވެ، ގުންފައި ޖަހައިފައި މީހުންގަނޑު

ދުވާ އަޑަށް އަޅުގަނޑުމެން ވެސް ގޭގެ ޮދޯރށިން ބޭރަށް، މަގުމައްޗަށް ނިކުތީމެވެ. އެ ރެއަކީ ހިޖުރީ މަހެއްގެ ފަހުޮކޅު ކަމަށް ވާތީ، ކަޅުޮފއެ

ސިއްކަގޭ މުހައްމަދު ނަސީމް

ހިތުން ފިލައިގެން ނުދިޔަ ާތީރީޚ ހަނާދނެއް

14

ރެއެކެވެ. އަދި މާލޭގައި އޭރު ހުންނަ މިންވަރަކަށް ކަރަންޓުގެ ޚިދުމަތް ވެސް ލިބެނީ އިރު ޮއއްސުނީއްސުރެ ދަންބެރު ޖަހަންދެންނެވެ. ދަންބެރު ޖެހުމޭ ބުނެވޭ ބަހަކީ ދަންވުމުގެ ވާހަކައެވެ. އެ ވަގުތު އެނގުމަށްޓަކައި

ބެރުވެސް ޖަހައެވެ. އެ ބެރަށް ކިޔަނީ ދަންބެރެވެ. މިފަދަ ވަގުތެއްގައި

އަޅުގަނޑުމެންގެ ގޭގެ ބިތްޮދށުގައި ޮއންނަ ޯގޅިޯގޅިއާއި މަގުމަގުން މީހުން ދުވާ އަޑުފަށްގަނޑާއި،

ރާއްޖެއަކު އިސްލާމް ދީނެއް ނެތޭ ޮގވާ އަޑުފަށްގަނޑު ވަރަށް ގަދައެވެ. އަޅުގަނޑުމެން ވެސް މަގުމައްޗަށް ނިކުމެ މި ވެގެން އުޅޭ ޮގތެއް އެނގޭޯތ މީސްމީހުން ކައިރީގައި

އަހައިވެސް ހެދީމެވެ. ޚަބަރު ލިބެނީ އަލްއަމީރު މުޙައްމަދު ފަރީދު ފާށަނާ ކިލެގެފާނު ރަސްކަމަށް އިސްކުރެވުނީ ކަމަށެވެ. މުޙައްމަދު ފަރީދުގެ ގެޮކޅު ހުންނަނީ އަޅުގަނޑުމެންގެ ގެއާ އެއް

މަގެއްގައި، ވަރަށް ކައިރީގައެވެ. އެހެންކަމުން، ކުޑަ އިރުޮކޅެއްގެ

ތެރޭގައި އެއީ ބުހުތާން ޮދގެއް ކަން ވެސް އެނގިއްޖެއެވެ. އަދި ހަމަ ގިނަ އިރެއް ނުވެ، ސަރުކާރުގެ ފަރާތުން

ދޫނިދޫގައި ބަންދުކުރައްވާފައި ހުންނެވި އަލްއަމީރު މުޙައްމަދު އަމީން ޮދށިމޭނާ ކިލެގެފާނު،

ސަރުކާރުގެ ހުއްދަ ނެތި މާލެއަށް ވަޑައިގަތީ ކަން ވެސް އެނގިއްޖެއެވެ. ގިނަ އިރެއް ނުވެ މާލެއަށް ކަރަންޓު ދޭން ހުންނަ ކުޑަވަރެއްގެ

އިންޖީނެއް ވެސް އިސްޓާޓުޮކށްފިއެވެ. މަގު މެދަށް އަލިކުރުމަށް ޓަކައި ވަރަށް ދުރުދުރުގައި ހުންނަ ދަނޑިތަކުގައި ހުންނަ އެލެކްޓްރިކް ޮބކިތަކުން

ލިބެނީ ވެސް ވަރަށް ކިލާ އައްޔެކެވެ. މީހުންގަނޑެއް އެއްވެއްޖެ ނަމަ މީސްނުމީސް ވަކިކުރާކަށް ވެސް ނޭނގޭނެއެވެ. އެހައިވެސް އަނދިރިއެވެ.

Page 15: Sun Magazine 19

15

ޮކންމެއަކަސް، މި އަނދިރީގެ ތެރޭގައި މާލޭ ރައްޔިތުން އެއްވެ، ޮކޅުޮކޅަށް ދުވާ އަޑު މުޅި ހިސާބުގަނޑު ޮއތީ ގުގުމާލާފައެވެ.

ގަންނާކުރައްވާ ބިރުން އަޅުގަނޑުމެންނަށް ގޭޮދށުން މާ ދުރަށް ދާކަށް ނުކެރެއެވެ. ވަރަށް ޮބޑެތި އަނިޔާތައް ހިނގާ ވާހަކައާއި، އެކި

ޒާތްޒާތުގެ، ޮދގުތެދު ވަކިނުވާ ކަހަލަ އަޑުތައް އިވެއެވެ. ރަށުތެރެ ކުޑަޮކށް ހަމަޔަކަށް އެޅި، އިރު ވެސް އަރައި، ގިނަ އިރެއް ނުވެ

އަޅުގަނޑުމެން ޯކއްޓޭ ޮކޅަށް )މިހާރުގެ ޖުމްހޫރީ މައިދާން އެ ޮއންނަ ހިސާބު( ދިޔައިމެވެ. ވަރަށް ރީއްޗަށް މަންޒަރު ފެނުނެވެ. މުޙައްމަދު

އަމީނު ޮއންނެވީ ފަޅުތެރޭގައި ޮއތް ޯދންޏެއްގައި އުނަގަނޑުން ތިރީގައި ޯގންޏެއް އަޅާފައި، އިސްތަށިފުޅުގައި ކަދުރު ހުސްކުރި ވައްތަރުގެ

މުޯޅށިގަނޑެއް އަޅުވާފައެވެ. އަޅުގަނޑުމެން ޮގސް ޮތށިގަނޑު މަތީގައި އިށީދެއްޖައިމެވެ.

އެހެން ތިބޭ އިރު، ގާތްގަނޑަކަށް އަށެއްކަ ފޫޓު ކައިރިން މުޙައްމަދު އަމީން ފެނެއެވެ. ޮއންނެވީ ތަޅައިތަޅައި ޗިސްޮކށްފައެވެ.

މުޅި މީހާ ވަނީ ލެއިން ކަޅިވެފައެވެ. އިސްތަށިފުޅު ވެސް ހުރީ ފަޅައިގެން

ޮގސްފައެވެ. އެންމެ ވައްތަރުވާން އުޅެނީ އެއްގަމުގައި ޮއންނަ ތާ ދެ ދުވަހެއް ވީ މިޔަރަކާއެވެ. މެހި ގިނަކަމުން މުޙައްމަދު އަމީނުގެ އިންސާނީ ސޫރަ ވެސް ވަކިވާ

ވަރެއް ނުވެއެވެ. އެއިރު ގާތްގަނޑަކަށް އިރު އަރައި ބައިގަޑިއެއް ހައި އިރު ވެދާނެއެވެ.

މުޙައްމަދު އަމީނުގެ މޫނުފުޅަށް ހުރީ އަރައިގެން އައި އިރުގެ ރަތް ދަޅަ އެޅިފައެވެ. އަތްޕުޅުން

ކުޑަޮކށް މެހި ޮފޅުއްވައި ހައްދަވައެވެ. ނަމަވެސް އެހާ ލޭ ގިނަ ތަނަކުން މެހި

މަދެއް ނުކުރެވޭނެ ނޫންޯތއެވެ؟ އަޅުގަނޑުމެން ހަމަ ރީއްޗަށް، ވަރަށް ގާތުން ދުށީމެވެ.

މުޙައްމަދު އަމީނު ޯލފުޅު ހުޅުއްވަވަނީ ވެސް އިނގިލިފުޅުން ޖައްސަވައިގެންނެވެ. އެއްވެސް ކަހަލަ ވޭނެއް އަޅާ ހެންނެއް ހީއެއް ނުވެއެވެ.

ނަމަވެސް ކިހާ ވޭނެއް އަޅާނެޯތއެވެ؟ އެ މާތް މީހާ، އެ ސިޔާސީ މުހައްނިކު، އެ

ވަރުގަދަ ގައުމީ ބަތަލް، ދިވެހި ރާއްޖެ ނުވެސް ދެކޭ ފަދަ އެ ވަރުގަދަ ޝަޚްސިއްޔަތު ޮއތީ ފުނޑުފުނޑުވެ ލެޔާ ތަތްތެޅިފައެވެ. އެހާ

ހަށިޮކޅު ބިޔަ، ޮބޑު ބޭފުޅަކަށް ނުވި ނަމަ، އަވަހާރަވެދާނޭތާ ވެސް ކިތަންމެ އިރެކެވެ. އެއިރު މުޙައްމަދު އަމީނުގެ

އުމުރުފުޅަކީ އެންމެ 43 އަހަރެވެ. މި ހުރިހާ ކަމެއް ބައްލަވަން މުޙައްމަދު އަމީނުގެ ނާއިބު ރައީސްކަން ކުރެއްވި އަލްފާޟިލް ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ ކަސްޓަމްސްގެ ޮދރުމަތީގައި ހުންނެވިއެވެ.

އެހެން އައި މީހަކު ކުޑަކުޑަ ގާޮކޅަކުން މުޙައްމަދު އަމީނުގެ ގައިޮކޅުގައި ޖެހިއެވެ. ހަމަ ޖެހުމާ އެކު، ފަހަތުން އައި ދެ މީހަކު ބުންޏެވެ. "ތިޔަ ވަރުގެ ގާޮކޅަކުން އެ ޮސރަކަށް ނޭނގޭނެއެވެ."

އެއިރު ފަޅުތެރެ ޮކންނަން ޖައްރާފުން ނަގާ ވެލި

އެއްޮކށްފައި ޮއންނަނީ މިހާރުގެ އެމްއެމްއޭ އެހެރަ ހިސާބުގައެވެ. ނުވަތަ ޮބޑު އިސްޯޓރު ކައިރީގައެވެ. އެއީ ވަރަށް އުސް ވެލިފުންޏެކެވެ. މުޅީން

ހުރީ ކުދިޮބޑު ގަލެވެ. މުޙައްމަދު އަމީނަށް އަނިޔާކުރުމުގެ ތެރޭގައި ހިމާލިޔާ ފަރުބަދައަށް ވެސް އަރަން ވާނެޔޭ ކިޔައިފައި، އެ ވެލިފުނީގެ މައްޗަށް ވެސް މުޙައްމަދު އަމީން ނެގިއެވެ. ނަގާފައި ދޫޮކށްލީއެވެ. އެ ކަމުން ލިބިވަޑައިގަތް އެތައް ޒަޚަމްތަކަކާ އެކު، އެނބުރެމުން ފުޮރޅެމުން

އަނެއްކާވެސް އައިސް ޖެހުނީ ބިންމަތީގައެވެ. ޮކންމެއަކަސް، އެއްކަލަ ދެ މީހުން އައީ މި ދެންނެވި ތަނުން ފިސާރި ޮބޑު ދެ ގާ ހިފައިގެންނެވެ. އެ ދެ ގާ ހިފައިގެން އަޅުގަނޑުމެން

ތިބި ހިސާބަށް އައިސް، އަތް ދަމައި ބަހައްޓާފައި މުޙައްމަދު އަމީނުގެ ގައިޮކޅުގައި ޖަހައިފިއެވެ. ޖެހުމާ އެކީ މުޙައްމަދު އަމީނުގެ ހަށިޮކޅު ކުރުގެޅިގެން ދިޔަތަން ފެނިފައި، އަޅުގަނޑުމެން ބިރުން ޮރއިގެންފައި

ދުއްވައިގެންފީމެވެ. ޮގސް ތިބީ ޮބޑު ފާލަމަށް ވުރެ ވެސް ދުރުގައި، ކިރިޔާ މުޙައްމަދު އަމީނު ޮއންނެވި ޯދނި ފެންނަ ހިސާބުގައެވެ. އެ ހިސާބުން ދެން އަޅުގަނޑުމެން އިރުޮކޅެއް

ޮކށްލާފައި މަޑުމަޑުން ކަސްޓަމްސް ހިސާބަށް ކައިރިޮކށްލީމެވެ. އެއިރު މުޙައްމަދު އަމީނު ވަނީ ނަގައިގެން

ގެނެސް ކަސްޓަމްސް ތެރެއަށް ވައްދައިފައެވެ. އަޅުގަނޑުމެން އެތާގައި ތިއްބައި ފަތްޖެހި

އެނދެއްގައި ބާއްވައިގެން މުޙައްމަދު އަމީން ނެރުނެވެ. އެއިރު މުޙައްމަދު

އަމީން ޮއންނެވީ އަތިރީގެއިން ގެނައި އާ ހެދުންޮކޅެއް ވެސް

ތުރުކުރައްވައިގެންނެވެ. ފެންވަރުވައި ސާފުކުރީކަން ނޭނގެއެވެ. އަނިޔާއެއް ލިބިވަޑައިގެންފައިވާ ހެނެއް އެހައި ދުރުން ފެންނަ އިރު ހީއެއްވެސް

ނުވެއެވެ. ދެން އެ ފަތްޖެހި އެނދު ގެންދެވުނީ މިހާރު ވެސް ފެންނަން އެހެރަ ބަނޑޭރިގޭ ތެރެއަށެވެ. އެ ހިސާބުން ދެން އަޅުގަނޑުމެން

ޮރމުން ޮރމުން ގެއަށް ދިޔައީއެވެ. އެއީ އަޅުގަނޑުމެން އެންމެ ފަހުން

މުޙައްމަދު އަމީނު ދުށް ވަގުތެވެ. އެ ފަހަކުން ނުދެކެމެވެ.

އެއީ އަޅުގަނޑުމެންގެ ގައުމުގެ ތައުލީމުގެ ބާނީއެވެ. އޭނާއަށް މާތް هللا ރަޙުމަތް ލެއްވުން އެދި ދުޢާކުރަމެވެ.

"ޤައުމުގެ އަމީނަކަށް ވީ، ޤައުމުގެ ޝަހީދަކަށް ވީޤައުމުގެ އެ މާތް ޒައީމަށް، ޝުކުރެއްގެ މީ ތަރާނާ

- ގުލްފާމް -

Page 16: Sun Magazine 19
Page 17: Sun Magazine 19
Page 18: Sun Magazine 19

އަބްދުهللا ޝިނާން

އެޑްާވންޓޭޖްތައް ގިނަީއ މައުމޫން ފެކްޝަނަށް! ޑީއާރުޕީ ބައިބައި ވީ ޮކންބޭފުޅެއްގެ ސަބަބުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ޑީ.އާރް.ޕީ. ގައި މިހާރު އުފެދިފައި ޮއތް ދެ ފެކްޝަނުގެ ބޭފުޅުން ދެއްވާނީ

ދެޮގތަށެވެ. ލީޑަރ ތަސްމީނުގެ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުން އިނގިލި ދިއްކުރައްވާނީ ޒައީމް މައުމޫނަށެވެ. ޒައީމް މައުމޫނުގެ ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅުން އިނގިލި ދިއްކުރައްވާނީ ލީޑަރ ތަސްމީނަށެވެ. މިސުވާލުގެ ޖަވާބު ޕާޓީގެ

މެންބަރުންގެ އިންސާފުވެރި ތިލަފަތުން ކިރާލުމަށް އަޅުގަނޑު ދޫޮކށްލާނަމެވެ. އެހެންނަމަވެސް މި ބައިބައިވުންތައް ނިމުމަކަށް އަންނައިރު ވެދާނެ ޮގތަކާ މެދު

އެއްޗެއް ބުނެލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ފެނެއެވެ. އިންޑިޔާއަށް އިނގިރޭސިންގެ އަތުން ފުރިހަމަ މިނިވަންކަން ލިބުނީ

1947 ވަނަ އަހަރެވެ. މިނިވަންކަމަށް 63 އަހަރު ފުރިފައިވާ އިރު އޭގެ ތެރެއިން 51 އަހަރު ވެރިކަން ޮކށްފައިވަނީ އިންޑިއަން ނެޝަނަލް ޮކންގްރެސް އެވެ. އާންމު

ބަހުން ބުނާ ނަމަ ޮކންގްރެސް ޕާޓީއެވެ. އިންޑިޔާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާނދީގެ ތާއީދާ އެކު އިންޑިޔާގެ ފުރަތަމަ ޮބޑުވަޒީރުކަން ކުރެއްވީ ޖަވާހިރުލާލް ނެހެރޫއެވެ. އިންޑިޔާގެ ތާރީހުގައި އެ ދެ ބޭފުޅެއްގެ ނަންފުޅު ރަން އަކުރުން ފަވާލެވިފައިވާ މި ދެބޭފުޅުންނަކީ އިންޑިޔާގެ ގިނަ ބައެއްގެ ޯލތްބާއި އިހްތިރާމު ލިބިވަޑައިގެންފައިވާ ދެ ލީޑަރުންނެވެ. ނެހެރޫ އަވަހާރަވުމާ ހަމައިން ޮކންގްރެސް ޕާޓީގެ ކުރިމަގާއި މެދު ސުވާލު އުފެދުނެވެ. ޕާޓީން ދެން ތާއީދުކުރާނެ ލީޑަރަކާ މެދު ސުވާލުއުފެދުނެވެ. ނަމަވެސް ޯއލް އިންޑިއާ ޮކންގްރެސް ޮކމެޓީގެ އޭރުގެ

ރައީސް ކުމާރަސަމީ ކަމަރާޖްގެ ސިޔާސީ ހިކުމަތުން ފުރިގެންވާ މަސައްކަތްޕުޅުން، ނެހެރޫއަށްފަހު ޕާޓީގެ ލީޑަރެއް ކަނޑައެޅުއްވުމުގައި ދިމާވި މައްސަލަތައް

ހައްލުކުރެއްވިއެވެ. ނެހެރޫއަށް ފަހު އޭނާގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ލާލް ބަހާދަރު ޝާޝްތްރީ ކަމުގައި ޕާޓީން ނިންމިއެވެ. އަދި 1966 ވަނަ އަހަރު އެ ބޭފުޅާ އަވަހާރަވުމުން ނެހެރޫގެ ދަރިކަނބަލުން އިންދިރާ ގާނދީ ވެރިކަމަށް ގެނައުމަށް ޕާޓީގެ ނުފޫޒުގަދަ ބޭފުޅުން ނިންމެވިއެވެ. މި މަސައްކަތުގައިވެސް

ކުރި ހޯއްދަާވީނ ރައްޔިތުންގެ ލޯބި އޮތް ބޭފުޅެއް؟

Page 19: Sun Magazine 19

19

އެޑްާވންޓޭޖްތައް ގިނަީއ މައުމޫން ފެކްޝަނަށް! އެންމެ އިސްޮކށް އުޅުއްވީ ކަމަރާޖްއެވެ. އެހެންނަމަވެސް ނުފޫޒުގަދަ

ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޮމރާޖީ ދެސާއީ ފަދަ ބޭފުޅުން ގެންދެވީ އެކަމާ ދެޮކޅުހައްދަވަމުންނެވެ.

ނަވާރަ ސަތޭކަ ފަސްޮދޅަސް ހަ ވަނަ އަހަރު އިންދިރާ ގާނދީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ ކަމަނާގެ ބައެއް ސިޔާސަތުތަކާ މެދު ޕާޓީގެ އިސް ބައެއް ބޭފުޅުން ނުރުހުންވެވަޑައިގަތެވެ. ނަމަވެސް އިންދިރާ ގާނދީ ނިންމެވީ އެ ކަމަނާގެ ޮގތުގައި ހުންނަވާށެވެ. ނަތީޖާއެއްގެ ޮގތުން ޮކންގްރެސް ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދުނެވެ. އެއީ ޮކންގްރެސް އާރާއި ޮކންގްރެސް ޯއއެވެ. ޮކންގްރެސް އާރަށް ނިސްބަތްވަނީ އިންދިރާ ގާނދީއާއި އެ ކަމަނާގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.

އަދި ޮކންގްރެސް ޯއއަށް ނިސްބަތްވެވަޑައިގަތީ ޕާޓީގެ ހަރުކުލައިގެ ޮކންޒަވެޓިވުންނެވެ. މިބޭފުޅުންގެ ތެރޭގައި އިންދިރާ ގާނދީ ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވި ކަމަރާޖާއި އެ ކަމަނާގެ ލީޑަރޝިޕަށް

ދެޮކޅު ހެއްދެވި ޮމރާޖީ ދެސާއީ ތިއްބެވިއެވެ.ޮކންގްރެސްގެ އިސް ވެރިން 1969 ވަނަ އަހަރު އިންދިރާ ގާނދީ ޕާޓީގެ ސިޔާސަތުތަކާއި ހިލާފްވެވަޑައިގެންނެވި ކަމަށް ވިދާޅުވެ،

އެކަމަނާ ފާޓީން ވަކިކުރެއްވިއެވެ. އަދި ޕާލިމެންޓްރީ ގުރޫޕަށް އެ ކަމަނާ ޮބޑުވަޒީރުކަމުން ދުރުޮކށް އެހެން ބޭފުޅަކު ހަމަޖެއްސެވުމަށް އެންގެވިއެވެ. ނަމަވެސް މީގެ ނަތީޖާއެއްގެ ޮގތުން ޕާޓީ އިތުރަށް ބައިބައިވިއެވެ. ޯއލް

އިންޑިއާ ޮކންގަރެސް ޮކމެޓީ )ޮކންގަރެސް ޕާޓީގެ އެންމެ ބާރުގަދަ ޮކމެޓީ(

ދެ ބައި ވިއެވެ. ޯއލް އިންޑިއާ ޮކންގްރެސް ޮކމެޓީގައި ހިމެނޭ 705 މެންބަރުންގެ ތެރެއިން 446 މެންބަރުން އިންދިރާ ގާނދީއަށް ތާއީދުކުރާ ބަޔަށް ބަދަލުވިއެވެ.

މި ހަލަޮބލިކަމުގެ ތެރޭގައި، 1971 ވަނަ އަހަރުގެ ޮލކް ޝަބާ )މަޖިލިސް( އިންތިހާބާ އިންދިރާ ގާނދީ ކުރިމަތިލެއްވިއެވެ. އަދި އިންދިރާގެ ޮކންގްރެސް އާރު

ވަރަށް ޮބޑުކާމިޔާބީއެއް ޮކންގްރެސް ޯއގެ މައްޗަށް ޯހދިއެވެ. އިންތިހާބުގައި ޮކންގްރެސް ޯއއަށް ޯވޓުގެ 10% )16 ޮގނޑި( ލިބުނު އިރު އިންދިރާ ގާނދީގެ ޮކންގްރެސް އާރަށް

ޯވޓުގެ 44% )352 ޮގނޑި( ލިބުނެވެ. ނަތީޖާއަކަށް ވީ އިންދިރާ ގާނދީއާއި ދެޮކޅަށް ޮކންގްރެސް ޕާޓީގައި

އުފެދުނު ފެކްޝަން، ޮކންގްރެހާ އިދިޮކޅު ފަރާތްތަކާ ގުޅިގެން ޯކލިޝަނެއް އުފެއްދުމެވެ. އަދި އެ ޯކލިޝަންގެ ތެރެއިން 1977 ވަނަ އަހަރު އިންދިރާ ގާނދީގެ ޮކންގްރެސް

އާރާ ވާދަޮކށް ޮމރާޖީ ދެސާއީ، އިދިޮކޅު ޯކލިޝަންގެ ކެނޑިޑޭޓުގެ ޮގތުގައި އިންޑިޔާގެ ޮބޑުވަޒީރުކަމަށް އިންތިހާބުވިއެވެ. ޮމރާޖީ ދެސާއީ އަކީ ޮކންގްރެސް ޕާޓީގެ ތެރެއިން

އިންދިރާ ގާނދީއާ ދެޮކޅަށް އުފެދުނު ފެކްޝަނުގެ ލީޑަރެވެ. އިންދިރާ ގާނދީއާ ދެޮކޅަށް އުފެދުނު ޯކލިޝަން، ނުވަތަ ބާހރަތިޔާ ޖަނަތާ

ޕާޓީ އެންމެ ވަރުގަދަ އިދިޮކޅު ޕާޓީއަށް ބަދަލުވެ، އެ ޕާޓީއަށް ވެރިކަން ލިބުނު ނަމަވެސް އެބައިމީހުންގެ މެދުގައި ޮއތް ތަފާތުތައް ކުޑައެއް ނުކުރެވުނެވެ. ޖަނަތާ

ޕާޓީގެ ތެރޭގައި ޮއތް ތަފާތު ވިސްނުންތަކާއި ތަފާތު ސިޔާސީ ފިކުރުތައް ދުވަސްތައް ފާއިތުވިހެން އިތުރުވެ، ވަރުގަދަވަމުން ދިޔައެވެ. އެހެންކަމުން ގައުމީ މަސްއަލަތަކަށް

ޯފކަސްނުކުރެވި، ޕާޓީގެ އެތެރޭގެ ޯކޅުންތައް ޮބޑުވެ، ޮމރާޖީ ދެސާއީގެ އިތުބާރު ގެއްލި 1979 ވަނަ އަހަރު އޭނާގެ ޯކލިޝަންގެ ވެރިކަން ވެއްޓުނެވެ.

ކުރި ހޯއްދަާވީނ ރައްޔިތުންގެ ލޯބި އޮތް ބޭފުޅެއް؟

Page 20: Sun Magazine 19

20

ދަނޑިވަޅުގެ ބޭނުން ހިއްޕަވައި، އިންދިރާ ގާނދީ ޮކންގްރެސް އައިގެ ފަރާތުން އިންތިހާބާ ކުރިމަތިލެއްވިއެވެ. "އައި" ނިސްބަތްވަނީ "އިންދިރާ"

އަށެވެ. އެ ފަހަރުގެ އިންތިޚާބުގައި އެ ކަމަނާ ބޭނުންކުރެއްވި އެއް ޝިޔާރަކީ އަކީ "ގުޅިގެން ވެރިކަންކުރާ ... ނަތީޖާ ނެރުމުގެ ގާބިލިއްޔަތުކަން ލިބިފައި ވާ ސަރުކާރެއް އުފައްދާ" މިއެވެ. 1980 ވަނަ އަހަރު އިންދިރާ ގާނދީ އިންތިޚާބު

ކާމިޔާބުކުރައްވައި އަލުން އިންޑިޔާގެ ޮބޑުވަޒީރުކަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް ހައްދުފަހަނައަޅާފައިވާ ސިކުންގެ ޮބޑީގާޑަކު 1984 ވަނަ އަހަރު ދިން ހަމަލައެއްގައި އެކަމަނާ އަވަހާރަވިއެވެ. އިންދިރާ ގާނދީއަށް ފަހު، އެ

ކަމަނާގެ ދަރިކަލުން ރަޖީވް ގާނދީ ޮކންގްރެސް އައިގެ ފަރާތުން ޮބޑުވަޒީރުކަމަށް ވާދަކުރެއްވިއެވެ. އެއިރު ރަޖީވް ގާނދީ ހުންނެވީ އެ ބޭފުޅާގެ ޮކއްޯކފުޅު

މަތިންދާޯބޓު އެކްސިޑެންޓެއްގައި އަވަހާރަވުމާ ގުޅިގެން ޮކއްޯކފުޅު ފުރުއްވި ޮގނޑި ކާމިޔާބު ކުރައްވައިގެން ޮލކް ޝަބާގައި އަމެތި ތަމްސީލްކުރައްވާ މެންބަރެއްގެ

ޮގތުގައެވެ.

މި އާއިލާގެ ސިޔާސީ ކާމިޔާބަށް ބަލާއިރު ފެންނަނީ ހަމަ އެންމެ ކަމެކެވެ. ޖަވާހިރު ލާލް ނެހެރޫ އިންޑިޔާގެ ރައްޔިތުންގެ ހިތްތަކުން ޯހއްދަވާފައިވާ މަގާމެވެ. އޭނާ ޯހއްދަވާފައިވާ މަގްބޫލްކަމާއި މަޝްހޫރުކަމެވެ. އިހްތިރާމާއި ޯލތްބެވެ.

އެ ޯލތްބާއި އިހުތިރާމް ނެހުރޫގެ ދަރިޮކޅަށް ވާރުތަވަމުންދާ މަންޒަރެވެ. އިންޑިޔާގެ އަހުލުވެރީންނަކީ އެ މީހުންގެ އާދަކާދައާއި ސަގާފަތަށް

ވަރަށް ޯލބިކުރާ ބައެކެވެ. އެ މީހުންގެ އަމިއްލަވަންތަކަމަށް އިންތިހާއަށް ޯލބިކުރާ ބައެކެވެ. ނަމަވެސް ނެހުރޫގެ އާއިލާ ޖެހުމުން އެ ކަން ވެސް އެ މީހުން ތަށީގެ އެއް ފަރާތަށް ލާފައި ވާ ތަން ފެނެއެވެ. މިއަދު ޮކންގްރެސް ޕާޓީގެ ރައީސަކީ

ރަޖީވް ގާނދީގެ ހުވަފަތް އަނބިކަނބަލުން ޯސނިޔާ ގާނދީއެވެ. ޯސނިޔާ ގާނދީއަކީ އިޓަލީއަށް އުފަން ބޭކަނބަލެކެވެ. އިދިޮކޅު ބީޖޭޕީން ދިޔައީ އިންޑިޔާގެ

ރައްޔިތުން އެ ކަމަނާ ޮބޑުވަޒީރުކަމަށް ނުގެންނާންވީ އެންމެ ޮބޑު ސަބަބަކީ މިއީ ކަމަށް ބުނެދެމުންނެވެ. އިދިޮކޅު ފަރާތްތަކުން ރައްޔިތުންނާ ސުވާލުކުރަމުން ގެންދިޔައެވެ. "ކަލޭމެން ބޭނުންވަނީ ރާމް )އިންޑިއާގެ ހިންދޫން އަޅުކަން ކުރާ

ފަރާތެއް( ހެއްޔެވެ؟ ނޫނީ ޯރމް )އިޓަލީގެ ވެރި ރަށް( ހެއްޔެވެ؟" ޖަވާބުގައި އިންޑިޔާގެ ހިންދީން ވެސް، އަދި ގައުމުގެ ސްޕްރީމް ޯކޓުންވެސް ނިޔާ އިއްވީ ޯސނިޔާ ގާންދީއާއި އެއްޮކޅަށެވެ. ސުޕްރީމް ޯކޓަށް

އިދިޮކޅު ފަރާތްތަކުން ހުށައެޅި މައްސަލައަކީ ގައުމުގެ ޮބޑުވަޒީރުކަމަށް ޯސނިޔާ ވަޑައިގަންނަވަން ގާނޫނު ތަން ނުދޭ ކަމުގެ މައްސަލައެވެ. ނަމަސް ސުޕްރީމް

ޯކޓުން ވަނީ އެ މައްސަލަ ބޭރުޮކށްފައެވެ. ރައްޔިތުން ބުނަމުން ދިޔަ ކަހަލައެވެ. "ތިމަންމެން ބޭނުމީ ޮކންމެ ތަނަކަށް އުފަން މީހަކަސް، ނެހެރޫ އާއިލާއަށް ނިސްބަތްވާ މީހެކެވެ". 2004 ވަނަ އަހަރު އިންތިހާބުގައި ޕާޓީގެ ފަރާތުން

ޮބޑުވަޒީރުކަމަށް ވާދަކުރައްވަން ޮކންގްރެސް ޕާޓީން ޯސނިޔާ ގާނދީގެ އަރިއަހުން އެދުނެވެ. ނަމަވެސް ޯސނިޔާ ގާނދީ އެކަމާ ދެޮކޅު ހައްދަވައި، އެކަމަނާގެ

ތާއީދާ އެކު މަންޯމހަން ސިންގް އެ މަގާމަށް ގެންނެވިއެވެ. މަންޯމހަން ސިންގް ޮބޑުވަޒީރުކަމުގައި ހުންނެވިޔަސް ޮކންގްރެސް ޕާޓީގެ ހަގީގީ ބާރު ޮއތީ ޯސނީޔާ

ގާނދީގެ އަތްޕުޅުގައެވެ. މި ހަގީގަތް މިއީ ދުނިޔޭގެ އެންމެ ޮބޑު ޑިޮމކްރަސީން ތަމްސީލުވާ

މަންޒަރެވެ. ދުނިޔޭގެ އެންމެ ތަހުޒީބު އެއް ޑިޮމކްރެސީއަކީ އިނގިރޭސި ވިލާތެވެ. އިނގިރޭސި ވިލާތުގައި އެންމެ ފަހުން ނިމިގެންދިޔަ އިންތިހާބައް ބަލާލަމާ

Page 21: Sun Magazine 19

21

ހިންގަވާށެވެ. އެ އިންތިހާބުގައި ޯގރޑަން ބްރައުނަށް ސިޔާސީ ޮގތުން އެންމެ ޮބޑު ގެއްލުމެއް ދެއްވީ އޭނާގެ ޕާޓީގެ ކުރީގެ ލީޑަރ ޯޓނީ ބްލެއާރ އެވެ. ދެ

ބޭފުޅުންނަކީ ވަރަށް އެކުވެރި ދެބޭފުޅުންނެވެ. 1997 ވަނަ އަހަރު، ޮކންޒަރވޭޓިވް ޕާޓީން ވިދި ވިދިގެން 18 ވަރަކަށް އަހަރު ވަންދެން ކުރަމުން އައިވެރިކަން ނިމުމަކަށް ގެނައުމުގެ ހަގީގީ މޭސްތިރިންނަކީ ޯޓނީ ބްލެއަރ އާއި ޯގޑަން

ބްރައުންނެވެ. ލޭބަރ ޕާޓީން ކުރިން ގެންގުޅެމުން އައި މުސްކުޅި އުސޫލުތައް ދޫޮކށް، ޕާޓީ ޒަމާނީޮކށް، "ނިއު ލޭބަރ" ގެ ނަމުން ނަންދީ، މީހުންގެ މެދުގައި

ޕާޓީގެ މަގްބޫލްކަން އިތުރުކުރުމުގައި އެންމެ އިސް ޯރލެއް އަދާކުރެއްވީ މި ދެބޭފުޅުންނެވެ.

ޯޓނީ ބްލެއަރ އަށް ފަހު ލޭބަރ ޕާޓީގެ ވެރިކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅަކީ ޯގޑަން ބްރައުންކަން އެންމެންވެސް ދަނެއެވެ. އަދި ޯޓނީ ބްލެއަރގެ ފުރިހަމަ ތާއީދު ބްރައުނަށް ދެއްވާނެކަމަށް ހުދު ބްރައުންގެ އަރިއަހުގައި

ބްލެއަރ ވިދާޅުވެފައިވާ ކަމަށް ބްރައުންގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް 10 އަހަރު ޮބޑުވަޒީރުކަން ކުރައްވައިގެން ވެސް ބްލެއަރގެ ވެރިކަމުގެ އަލާ ނުކެނޑުން ވެގެން ދިޔައީ ބްލެއަރގެ ވެރިކަން ނިންމާލަން ބްރައުން

ނިކުމެވަޑައިގެންނެވި ސަބަބަށެވެ. ބްރައުންގެ ޕްރެޝަރަށް ކެތް ނުކުރެއްވިގެން 2007 ވަނަ އަހަރު ބްލެއަރ އިސްތިއުފާ ދެއްވިއެވެ. އަދި އޭގެ ސަބަބުން ލޭބަރ ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިގެން ދިޔައެވެ. އެއީ ބްލެޔަރ

އަށް ތާއީދު ކުރައްވާ ބޭފުޅުންނާއި ބްރައުންއަށް ތާއީދުކުރައްވާ ބޭފުޅުންނެވެ. މި މައްސަލަގަނޑުގެ ތެރޭގައި، 2010 ވަނަ އަހަރުގެ އިންތިހާބާ ލޭބަރ ޕާޓީ ކުރިމަތި

ލިއިރު ޕާޓީ ޮއތީ ބައިބައިވެފައެވެ.

އަދި ހަމަ އެ ދުވަސްވަރު މީޑިއާގައި ޯޓނީ ބްލެއަރގެ ހަޔާތްޕުޅުގެ މައްޗަށް އޭނާ ލިޔުއްވި ޮއޯޓބަޮޔގްރަފީ ނެރުއްވަން އުޅުއްވާ ވާހަކަ ދެކެވެން ފެށިއެވެ. މިކަމާ މެދު ލޭބަރ ޕާޓީގެ އިސްވެރިންގެ މެދުގައި ކަންޮބޑުވުން އުފެދުނެވެ. ސަބަބަކީ އެ ޮފތުގައި ބްރައުންއަށް އަމާޒުކުރައްވައި ބްލެއަރ

ވިދާޅުވާ އެއްޗަކުން އިންތިހާބުގައި ބްރައުނަށް ގެއްލުންވެދާނެތީއެވެ. ބްލެއަރ އިންތިހާބު ނިމެންދެން އޭނާގެ ޮއޯޓބަޮޔގްރަފީ ނުނެއްރުއްވައި މަޑުކުރެއްވިއެވެ.

ނަމަވެސް އެދެވޭ ވާރާ ގާތަށްވެސް އިންތިހާބުގައި ޯގޑަން ބްރައުނަށް މަސައްކަތްޮކށްދެއްވާފައެއް ނުވެއެވެ. ބްލެއަރގެ އެހީފުޅު ނުލިބުން ވެގެން ދިޔައީ

މުޅި ލޭބަރ ޕާޓީއަށް ލިބުނު ޮބޑު ގެއްލުމަކަށެވެ. ލޭބަރ ޕާޓީގެ ތެރޭގައި ޮއތް ބައިބައިވުން ފެންމަތިވެ އާންމުންގެ

ޔަގީންކަން ގެއްލުން ވެގެން ދިޔައީ ވޭތިވެ ދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ޕާޓީއަށް ލިބުނު އެންމެ ޮބޑު ނިކަމެތިކަމަށެވެ. 2010 ވަނަ އަހަރު މެއި މަހު ބޭއްވި ޕާލިމެންޓަރީ އިންތިހާބުގައި ލޭބަރ ޕާޓީއަށް ގާތްގަޑަކަށް 90 އެއްހާ

ޮގނޑި ގެއްލުނެވެ. އިންތިހާބުގައި ނާކާމިޔާބު ވެ، 3 އަހަރަށް ދިގުދެމިގެން ދިޔަ ބްރައުންގެ ވެރިކަން 2010 ވަނަ އަހަރުގެ މެއި މަހުގެ އިންތިހާބަށް ފަހު

ނިމިގެން ދިޔައެވެ. 2010 ވަނަ އަހަރު ސެޕްޓެންބަރުގައި ބްލެއަރގެ ޮއޯޓބަޮޔގްރަފީ

ބާޒާރަށް ނުކުތެވެ. އެޮފތުގައި ބްރައުނާ މެދު ބްލެއަރ ދެކެވަޑައިގަންނަވާ ޮގތް ވަރަށް ސާފުޮކށް ލިއުއްވާފައި ޮއތެވެ. ދެ ފަރާތުގެ ދެމެދުގައި ޮއތް ރުޅިވެރިކަން

އެ ޮފތުން ވަރަށް ރަގަޅަށް ފެނިގެންދިޔައެވެ. ބްލެއަރ ލިއުއްވާފައިވެއެވެ. "ބްރައުންއަކީ ޮބޑު މުސީބާތަކަށް ވާނެކަން އަހަރެންނަށް އެގެއެވެ." ބްރައުންގެ

Page 22: Sun Magazine 19
Page 23: Sun Magazine 19
Page 24: Sun Magazine 19

24

ޮގތްދޫނުކުރެއްވުމާއި ޮބޑާހޭކުމުގެ ވާހަތައް އެ ޮފތުގައި ލިއުއްވާފައި ވެއެވެ. އަދި ބްރައުން ނުކުންނަވައިގެން ލޭބަރ ޕާޓީއަށް އިންތިހާބު ކާމިޔާބުނުކުރެއްވޭނެކަމަށް

ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ޮފތުގައި ލިއުއްވާފައި ވެއެވެ. 2010 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ޕާލިމެންޓްރީ އިންތިހާބު ޮބޑު ތަފާތަކުން ލޭބަރ ޕާޓީއަށް ގެއްލުނީ ބްރައުންގެ ތާއީދު ކުޑަކަމުން ކަމަށް

ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ލޭބަރ ޕާޓީގެ ޕާލިމެންޓްރީ މެންބަރުން ފާޅުގައި ބްރައުންގެ އިސްތިއުފާއަށް ޮގވާލައްވާފައި ވެއެވެ. އިންތިހާބަށް ދިއުމުގެ

ކުރިން ޕާޓީ ތެރޭގައި ޕްރައިމަރީއެއް ބާއްވައި،

އަލުން ލީޑަރަކު އިންތިހާބު ކުރުމަށް ބައެއް ސީނިއަރ

ޕާލަމެންޓޭރިޔަނުން ގެންދެވީ ބްރައުނަށް ޮގވާލައްވަމުންނެވެ.

މި ސަބަބުތަކާ ހުރެ ރައްޔިތުންގެ މެދުގައި ބްރައުންއަށް ޮއތް އިތުބާރު ކުޑަވެގެން

ދިޔައެވެ. ދިރާސާކުރައްވާ ބައެއް ބޭފުޅުން ވިދާޅުވާ ޮގތުގައި 2010 ވަނަ އަހަރު ލޭބަރ ޕާޓީގެ ލީޑަރެއްގެ ޮގތުގައި

ބްލެއަރ ކުރިމަތިލެއްވިނަމަ ލޭބަރ ޕާޓީއަށް އިންތިހާބު

ކާމިޔާބު ކުރުމުގެ ފުރުސަތު ޮބޑެވެ.

މިއަދު އަޅުގަޑުމެންނަށް

މިފެންނަނީ އަޅުގަޑުމެންގެ އެންމެ ޮބޑު އެއް

ސިޔާސީ ޕާޓީ ދެބައި ވާ ތަނެވެ. ޕާޓީގެ ލީޑަރ ތަސްމީނު އަލީއަކީ

ޑީއާރުޕީގެ ޮކންޓްޯރލް ޮއތް ފަރާތެވެ. ޕާޓީގެ ގުނަންތަކުގެ އިތުރުން ދައުލަތުން ގަބޫލުކުރާ

ޕާޓީގެ ގާނޫނީ ބާރުވެރި ފަރާތަކީވެސް ލީޑަރ ތަސްމީނާއި އޭނާގެ

ފެކްޝަނެވެ. ނަމަވެސް މިހާރު އުފެދޭ ސުވާލަކީ ޑީއާރުޕީގެ ސްޓޭޓް މެޝިނަރީ ޮކންޓްޯރލް ކުރެއްވުން އެއީ ޕާޓީއާއި އާންމު މެންބަރުން އެޓޭޗްވެ ތިބޭނެ

ސަބަބެއް ޯތއެވެ. އެއީ ރަނގަޅު ނިންމުމެއް ނޫންކަން އިންދިރާ ގާނދީ ވާނީ ތާރީހް މެދުވެރިޮކށް ހެކި ޮކށްދެއްވާފައެވެ. ގާނދީގެ ފިލާވަޅަކީ ރައްޔިތުންގެ ޯލތްބާއި، އިހްތިރާމާއި، ނަތީޖާ ދައްކައިދިނުން، އެއީ ރައްޔިތުން އެ ފަރާތަކަށް ދީލައިލާނެ އެންމެ މުހިއްމު އެއް ސަބަބު ކަމެވެ. އެހެން ނޫންނަމަ މިއަދު ދުނިޔޭގެ އެންމެ ޮބޑު ޑިޮމކްރަސީ ކަމުގައިވާ އިންޑިޔާގެ ވެރިކަން ހިންގާ

ޮކންގްރެސް ޕާޓީގެ އެންމެ އިސް ލީޑަރެއްގެ ޮގތުގައި އެ ގައުމަށް އުފަން ނޫން، އެގައުމަކަށް އެބޭފުޅެއްގެ އަސްލު ނިސްބަތްނުވާ ބޭފުޅަކު ބަހައްޓަން ރައްޔިތުން

ރުހިގެން އެ ތިބީ ކީއްވެގެންޯތއެވެ. ހަމަ ޕާޓީ ވީމަޯތއެވެ؟ ނޫނީ ހަމަ ޯލޯގ ވީމަޯތއެވެ؟ ހަގީގަތަކީ ރައްޔިތުން އެ ބޭފުޅުންނަށް ކުރާ އިހްތިރާމެވެ.

ރައްޔިތުންގެ މެދުގައި އެ ބޭފުޅުން މަގްބޫލުވުމެވެ. ރައްޔިތުންނަށް އެ ބޭފުޅުން ދެއްކެވި ނަތީޖާ އެވެ. ރައްޔިތުންގެ ހިތްތަކުގައި އެ ބޭފުޅުންނާ މެދު ޮއންނަ

ޔަގީންކަމެވެ. މި ޔަގީންކަން ޑީއާރުޕީގެ ތެރޭގައި މީހާރު އެ ޮއތް ދެ

ފެކްޝަނުން ކުރެ ޮކންމެ ފެކްޝަނަކުން ދެއްކި ނަމަވެސް ރައްޔިތުން އެ ދިމާލަށް ދާނެ ކަމީ ތާރީހީ ހަގީގަތްތަކަށް

ބަލާ އިރު ގާތް ކަމެކެވެ. އެ ޮގތުން ތާރީހީ

ހަގީގަތްތަކަށް ބަލާ އިރު، ގިނަ އެޑްވާންޓޭޖްތަކެއް

ހުރީ މައުމޫނު ފެކްޝަނަށް ކަމަށް ބެލެވެއެވެ. ނަމަވެސް ރަގަޅު ވަގުތުގައި، ރަގަޅު

ދަނޑިވަޅުގައި، ލިބިފައި ހުރި ފުރުސަތުތަކުގެ ބޭނުން، މައުމޫނު

ފެކްޝަނުގެ ބޭފުޅުންނަށް ތަސްމީނު ފެކްޝަނާ ދެޮކޅަށް ކުރެވިދާނެޯތ މިއީ ކުރަން އެންމެ ރަނގަޅު ސުވާލެކެވެ.

ނުވަތަ ތަސްމީނު ފެކްޝަނުން އެޔަގީންކަން

ރައްޔިތުންނަށް، އަމުދުން ޑިއާރުޕީގެ މެންބަރުންނަށް ދޭން

ބޭނުންނަމަ ކުޑަޮކށްވެސް ފަސްނުޖެހި މަސައްކަތް

ކުރަން ވީ ވަގުތު މިޮއތީ އައިސްފައެވެ.

ހުސް ވާހަކަތަކަށް ވުރެ ނަތީޖާ އަބަދުވެސް މުހިއްމުވާނެއެވެ.

ރައްޔިތުންނަށް އަތްލެވޭ، ފެންނަ އެއްޗެއް ދައްކަން

އެބަޖެހެއެވެ.މިއަދު ތަސްމީނު ފެކްޝަނުން މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި ކުރެވުނު ކަންތައްތަކެއްގެ

ވާހަކަތައް ދެއްކިދާނެޯތއެވެ. މައުމޫނުގެ ވެރިކަމުގައި މައުމޫނު ކުރެއްވި ކަމަކުން ތަސްމީނަށް އޭގެ ކްރެޑިޓް ނެންގެވިދާނެޯތ، މި ސުވާލު އުފައްދާނެ އެތައްބަޔަކު ތިބޭނެއެވެ. މައުމޫނު ތަސްމީނާ ދުރަށް ވަޑައިގެންނެވި ހިސާބުން

ތިމަންނަމެންގެ ސަރުކާރުގައި އެވެނި މިވެނި ކަމެއް ހުންނާނީ ޮކށްފައޭ ތަސްމީނު ފެކްޝަނުން ބުނަންޏާ، އެ ޕްޮރޯމޓް ކުރެވެނީ ޮކން ފަރާތެއް

ޯތ ސުވާލުކުރާނެ ބަޔަކު އުޅޭނެއެވެ. އޭރުން އެ ޕްޮރޯމޓު ކުރެވޭނީ ޮކން ފެކްޝަނެއްޯތ ބައެއް މީހުން ސުވާލު ކުރާނެއެވެ. އެހެން ވެއްޖެނަމަ ދެން

ކާމިޔާބު ޯހދާނީ ކާކުގެ ފެކްޝަނެއްޯތއެވެ؟

Page 25: Sun Magazine 19

25

ބަނާނާ މިލްކްޝޭކް

ބޭނުންވާ ތަކެތި

1 ޮދންކެޮޔވައް ) މެދުސައިޒުގެ(

1 މޭޒުމަތީ ސަމުސާ ވެނީލާ އައިސްކްރީމް ޕައުޑަރ

1 މޭޒުމަތީ ސަމުސާ ހިކި ކިރު

1 ސްކޫޕް ވެނީލާ އައިސް ކްރީމް

1 ތަށި އައިސްފެން

2 އައިސް ކިއުބް

ތައްޔާރު ކުރާނެ ޮގތް

ޮދންކެޮޔ ޮނޅާލާފައި ދެ ތިން ބުރިޮކށްލާާށެވެ. އޭގެ ފަހުން މިކްސަރަަށް އަޅާލާށެވެ. ދެން އައިސްކްރީމް ޕައުޑަރާއި ކިރު، ފެން އައިސް

ކިއުބް އަޅާލާފައި ހުރިހާ ބާވަތް އެއްޮކށް މިކްސަރުން ގިރާލުމަށްފަހު ބިއްލޫރި ތައްޓަށް އަޅައި މައްޗަށް އައިސްކްރީމް އަޅާފައި ސާވް

ކުރާށެވެ.

ބައެއް ބޭފުޅުންނަށް ޮފނި ރަހަ މަޑުވެދާނެ އެވެ. އެހެންވެ 2/1 މޭޒުމަތީ ސަމުސާ ހަކުރު އެއްޮކށްފައި ވެސް ބައެއް ފަހަރު ތައްޔާރު

-ކުރެވިދާނެ އެވެ.

Page 26: Sun Magazine 19

26

ދެޮކޅުޯހދާ ބަލައިލާފައި ޮތޅި އެއްލި ދިމާލުން ފާރު މަތީގައި ފުންމައިގެން އަރާ އަތް އަޅުވާލުމަށްފަހު މައްޗަށްދަމާލާ އެތެރެބަލައިލިއެވެ. ހަމައެވަގުތު

ފާރުކައިރީގައިހުރި އަންހެންކުއްޖަކު "މަންމާ ބަލައިލަ ބަލަ" އޭ ޮގވާލީއެވެ. ސިއްސައިގެން ޮގސް ހަސަނުގެ އަތްދޫވެ ފާރުބުޑަށް ހަމަރަނގަޅަށް ވެއްޓުނީ

އެވެ. ތެދުވެ ހިނގައި ނުގަނެވިގެން އުޅެނިޮކށް އެކުއްޖާ ހަމައެޮގތަށް ފާރުމަތިން ޯބ ދިއްޮކށް ބަލައިލާފައި ހެމުން ފައިބައިފިއެވެ. އެދުވަހު ހަސަނަށް

ހުކުރަށް ދެވުނީ ހަމަކިރިޔާއެވެ. އެކުއްޖާ އަދި ބަލައިލާޯތ ފަސްއެނބުރި ބަލަމުން ހުއްޓި ހުރެ އިންތިޒާރު ކުރުމުގައި އިރުގަނޑެއް ހޭދަކުރެވުނީމައެވެ. އޭގެފަހުން ހަސަނު ނަމާދަށް ހުކުރުމިސްކިތަށް ދާންފެށިއެވެ. އެއްކަލަގޭޮދށުން ދެވޭތީއެވެ. ތިންހަތަރު ދުވަސްވީއިރު ވެސް ހަސަނަކަށް

އޭގެފަހުން އެކުއްޖާއެއް ނުފެނުނެވެ. ބައެއްފަހަރު ފާރުމަތިން ޯބދީ އެގޭތެރެ ބަލާވެސް ހެދިއެވެ. ޖެހިގެންއައި ހުކުރު އައި އިރު ހަސަނުހުރީ އެޚިޔާލުގައެއް ނޫނެވެ. މަޑުމަޑުން އެހެންލާފައި ދިޔައިރު ވެސް އެކުއްޖާގެ މަތިން ހަނދާނެއް ނެތްކަހަލައެވެ. އެކަމަކު އެހިސާބަށް އަރާ ހަމަވިތަނާ ކުއްލިއަކަށް ފާރުމަތިން ހަސަނުކައިރިއަށް ވައްޓާލީ ބަނބުކެޮއޮތޅި އެކެވެ. ސިހިފައި ބަލައިލެވުނުއިރު ހިމަޯހދި އިނގިލިތަކެއް ފާރުމަތިން އެތެރެއަށް

ދަނީއެވެ. ވީއުފަލާއެކު އެޮތޅި ނަގާ މަޑުމަޑުން ހަމަ އެދިމާލުން އެގޭތެރެއަށް

ވައްޓާލާފައި ހަސަނުކުރި އަށް ހިނގައިގަތެވެ. ތަންޮކޅަކަށް ޮގސްފައި ވައްކަޅިއަކުން ބެލިއިރު

އެކުއްޖާފާރުމަތިން ޯބދައްކާލާފައި ތިރިވީއެވެ. ޯލބީގެ ބަނބުކެޮއޮތޅި ބަދަލުކުރުން

މިޮގތަށް ޮކންމެ ހުކުރުދުވަހަކު ޮއންނަމުން ދިއައެވެ. ބައެއްދުވަސް ދުވަހު އެގޭތެރޭން ދަރިފުޅަށް ޮގވާއަޑު ހަސަނަށް އިވެއެވެ. ގަންނާކުރައްވާ ބިރަކާއި ޖެހިލުންވާވަރުން މަޑުޮކށްލާ ކަށް ނުކެރެއެވެ. އަގައިން

ލޯީބގެ ސަނގަާލޖެހުން

ކުރިއާއި މިހާރުގެ ތަފާތު

ކަނީރު އަބްދުއް ރަހީމް

ވަކި މިވެނިކަމެއްނޫނެވެ. ހަމަޮކންމެ ކަމަކީވެސް ޒަމާނާއެކުވެގެން ބަދަލުވަމުން ޮގތްޮގތްވަމުން އަންނަ ކަމެކެވެ. އެވޭލާ އަންޒަމާނާއި އިހުޒަމާނުގައި ހުރި ޮގތްތަކާއި ސިފަތަކާއި ބާވަތަށް ވެސް މެއެވެ. ވިސްނާ ފިކުރުޮކށް ޯހދާ

ބަލައިލާއިރު މިއީ ތެދެއްކަން ގަބޫލުކުރަން މަޖުބޫރު ވެއެވެ. ތަފާތު ކަމެއްފާހަގަޮކށްލަމާ ހިނގާށެވެ. މިއަދު މިޒަމާނުގައި ޯލބި ޮއތްޮގތާއި ވާޮގތާ ކުރާޮގތުގެ ވާހަކަ ތަފުސީލުކުރާނެ ބޭނުމެއް ޮއތެކޭ

ހީއެއްނުވެއެވެ. އެނގޭނެއެވެ. އެނގެއެވެ. ތަޖުރިބާ ވެސް ޮއންނާނީ ކުރެވިފައެވެ. ނުވަތަ ޮކށްފައެވެ. ވީއިރު މިއަދުގެ ޯލބި އިތުރަކަށް ބަޔާންކުރާކަށް ނެތީމެވެ.

ހާމަ މައިދާންތަކާއި ޮހޓާ ކެފޭ ރެސްޯޓރެންޓު ތަކުގެ ބައްދަލުވުންތަކާއި ޮއފީހުގައި މޭޒުތަންޮދށުން ޮކށްޓޭ ޮކށްޓުމާއި މަސާޖުކުރާ ތަންތަނުން ލިބޭ ފަރުވާ އާއި އެކު

އުދަވެ އަސްތަވަމުން އަންނަ ޯލބިވެތި، ޯލބިތަކުގެ ވާހަކަ ދައްކާނެ ބޭނުމެއް ނެތެވެ. ނުދައްކާނީއެވެ. މިލިއަން ޮޑލަރުން އައިސް ވިހި ތިރީސް ރުފިޔާ

އަށްވެސް އަރާމު ޯލތްބެއް ލިބެންހުރެއޭ ނުކިޔާނީއެވެ. މީގެ ފަންސާހަކަށް އަހަރު ކުރިއަށް ޖެހިލާނަމެވެ. ހަސަނު ހެދިޮބޑުވެ ފުރާވަރަށް އަރައިގެން އައި ދުވަސްވަރު

އެއްދުވަހު ހުކުރަށްދަމުން ބިންމަތީގައި ޮއތް ބަނބުކެޮއޮތޅިއެއް ނެގިއެވެ. ޚިޔާލެއްނެތި

އެޮތޅި އެއްލީ ޖެހިގެންހުރި ގޭގެ ފާރުމަތިން އެތެރެއަށެވެ. އެއްލުމަށްފަހު ހަސަނު ދާޮކޅަށް ދަނިޮކށް އެއްކަލަޮތޅި ހަސަނުގެ ފައިބުޑަށް އައިސް ޖެހިއްޖެއެވެ. އޭރު ހަސަނުހުރީ

އެގޭ ބަނބުކެޮއގަހުގެ ހިޔަލުން ނުކުމެވިފަ އެވެ. ހަސަނަށް ހުއްޓެވުނީ އެހެންވެގެނެވެ. އިރުޮކޅަކު ހުރެލާފައި މަޑުމަޑުން އައިސް

Page 27: Sun Magazine 19

27

ބުނެލާކަށް ވެސް ނުއުޅެވެއެވެ. މިއީ އެޒަމާނުގެ ޯލތްބެއްގެ ފެށުމެކެވެ. އަދިމިހާރުވެސް އެކުގައި

ދިރިއުޅެމުންދާ ދެމީހެއްގެ ފުރަތަމަ ގުޅުން ފެށިގެން އައިޮގތެވެ. ދެން މެދުތެރެއަށް ޖެހިލާނަމެވެ. ހަސަނު ބުނެދޭޮގތުން އެއްފަތިހަކު ހަސަނުގެހަވަނަ

ހިއްސު ބުނެގެން އެމަގުން ދިއައީއެވެ. އެކުއްޖާ ކައިރިންލާފައި ދިއައީ ވަރަށްބިރުން ހުރެގެންކަމަށް ވެއެވެ. އެއީ ކުނިކަހަން އެކުއްޖާ ޮއތްއިރު މަންމަ

އެތާކައިރީގައި ހުރީތީއެވެ. އެކަމަކު ވައްކަޅިން ބަދަލުކުރެވުނު ބެލުންތަކާއި ރުހޭކަމުގެ ސިއްރު ހިނިތުންވުންތައް ދެމީހުންގެވެސް ނޭވާ އަވަސްކުރުވިޯޔލަ އެވެ. އެކަހަލަ ފަތިސްތަކަކަށް ފަހު ފުރަތަމަ އަގައިން ބުނެވުނީ މަންމަ ނެތި ކުނިކަހަން ޮއތް ފަތިހެއްގައެވެ. ދެންވެސް ކުރެވުނު ވަރަކީ ކައިރިންދަމުން ވައިއަޑަކުން "އެކަނިތަ" އޭ ބުނެލެވުމެވެ. މަޑުޮކށްލާކަށް ލާހިކެއްނުވިއެވެ.

އަންހެންކުއްޖާ އޭގެޖަވާބުގައި އިޮލށި ފަތިކުރިން ހަސަނުގެ ފަޔަށް ވެލިބުރުވާލީ އެވެ. ދެން ލިބުނު ހުސް ފުރުސަތުގައި "މިރޭ އަންނާނަމޭ" ބުނެފައި އެރޭ

ޢިޝާ ނަމާދުން އައިސް ގެއަށްވަދެ ކައިގެން ތެޅިތެޅި ޮއތް ހިތަކާއެކު ހަސަނު އެކުއްޖާއާއި ބައްދަލުކުރަން ދިއައީ އެވެ. ދެޮކޅު ޯހދާ ބަލާފައި އެއްކަލަ ދިމާ

ފާރުމަތިން ހަސަނު އެރީއެވެ. އެގޭ ތަޅަންމަތީ ޮދރު ހުންނަނީ އެދިމާއަށް ކަމުން ދިއްލާފައިހުރި ފަސްލޭނުބައްތީގެ އަލިއެޅޭ ވަގުތު މީހަކަށް ފެނިދާނެތީ ހަސަނުގެ ދެފައި

ތުރުތުރު އަޅައެވެ. ހިތްވަރު ޮކށްފައި ފިލާހުއްޓާ އެކުއްޖާގެ މަންމަ ތަޅަންމަތީ ޮދރު ކައިރިއަށް އައުމުން ހަސަނު އެތާހުރ ިބަނބުކެޮއގަހުގެ

އަނެއް ފަރާތަށްވަދެ ގުދުވެ ފިލާޮއތެވެ. އެހެން ޮއއްވާ އެ މަންމަ ކުޑައިޮކށް ޮދރުން ބޭރަށް

ނުކުމެލާފައި ޯކ ޮދވެލުމަށްފަހު ފެންތައް ބުރުވާލީ ގަހުގެ ބުޑަށެވެ. ނަސީބަކުން ހަސަނަށް އޭގެ

އަސަރުޯފރީ ވަރަށް ކުޑަކުޑަޮކންނެވެ. ޯކ ޮދވެގެން ވަދެ މަންމަ އިށީނީ ތަޅަންމަތީގައިހުރި

ޮއނޯދލީގައެވެ. އޭރު އެކުއްޖާއަށް ވެސް ހަސަނު އެތާ އެބަހުރިކަން ޮއތީ އެނގިފައެވެ. އެކަމަކު މަންމަ އެތާ އިންދާ ކުރެވޭނެ ކަމެއްނެތުމުން އެތެރެއަށް ވަދެފައި ނުކުތުމާއި މަންމަ ގާތު ގައި އައިސް އިށީނދެލާފަ ތެދުވުމާ މިކަހަލަ ޮގތަކަށް އުޅެއުޅެ ހުރީއެވެ. ގަޑިން ދިހަގަޑިބައި ވީތަނާ މަންމަބުނާއަޑު އިވުނީ

"ދަރިފުޅުދެންޮގސް ޮއޯށންނާށޭ" އެވެ. ޮކންމެއަކަސް އެޮގތަކުން މިޮގތަކުން އެކުއްޖާ ހަސަނާހަމައަށް އައެވެ. އެކަމަކު އައީ ހަމައެކަނި މިރޭދެންދާށޭ މާދަންވެއްޖޭ ބުނެލާށެވެ. އިތުރު އެއްވެސް ކަމެއްނެތި އެތެރެއަށް ވަދެގެންދިޔައީ އެވެ.

ކުރުޮކށްލަމާ ހިނގާށވެ. ދެންމިހެން މިކަހަލަ ޮގތަކަށް މިދެވެރިންގެ ކުދި ކުއްލި ބައްދަލުވުންތަކާ ބެލުންތަކާ ހިނގަމުންދާކަން އެހިސާބުގަނޑުގެ ދެމީހަކަށް އެނގުނީއެވެ. އެނގިގެން އެއަންހެންކުއްޖާ ބައްޕަ ގާތުގައި މިވާހަކަދެއްކީއެވެ. އެ ބައްޕަ ދެން ދިއައީ ހަސަނުގެ ބައްޕަ ގާތު އެވާހަކަ ދައްކާށެވެ. ދެއްކުމަށްފަހު

އެދެމީހުން އެއްބަސްވީ ރައްޓެހިވެއްޖެ ދެކުއްޖަކު އަވަހަށް ދެވުމަށްވުރެ ރަނގަޅުޮގތެއް ޯނންނާނެ ކަމުގައެވެ. ހިސާހިތަކު ކައިވަނި ތައްޔާރުކުރެވި އެއްރުފިޔާއަށް ރަންކިޔައި އެކަން ނިމިއްޖެއެވެ. އެކަކު އަނެކަކުގެ އަތުގައި ހިފައި ފުރަތަމަ ސަލާން ޮކށްލެވުނީ

ވެސް ފިރިދައްކަން ހެކިވެރިން އަންހެންކުއްޖާގެ ގެއަށް ދިއަ ވަގުތުއެވެ. އެއީ އެދުވަހެވެ. މިއަދު މިހުރިހާކަމެއްވެސް މިވަނީ ކުރިއަރައި ތަރައްގީވެ ދިމިކުރާތީގެ އުސޫލަށް ފެތި

އަގައިން ބުނުމާއި ބައްދަލުކުރުމާއި އުފާތައްޯހދާ ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ގެނެސް ދީފައެވެ. މިހާރަކު އެއްމެ ކުޑަކުއްޖާވެސް ޖެހިލުމެއްނުވާނެއެވެ. ބިރެއް ނުގަންނާނެ

އެވެ. ލިބެންވާ ހައްގުތަކުގެ ތެރޭގައި ހުރިނެތް ސާފުޮކށް އެނގޭތީއެވެ. ބަދަލުވެފައިވާ

ހުރިހާކަމެއްގެ ތެރޭގައި ޯލބީގެ ސަނގަލާޖެހުން ވެސް މިވަނީ ބަދަލުވެ ކުރިއަރައިޮގސްފައެވެ.

އަޅެ ނޫންހެއްޔެވެ.؟

Page 28: Sun Magazine 19

ޮކމްސްޯކރ އިން ހާމަކުރާ ޮގތުގައި އެމެރިކާގައި ޮއންލައިންޮކށް ވީޑިޯއ ބަލާ މީހުންގެ ތެރެއިން ހަތަރުވަނަޔަށް އެންމެ ގިނަ މީހުން ވީޑިޯއ ބަލަނީ ފޭސްބުކް މެދުވެރިޮކށެވެ. ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ގޫގްލް ސައިޓްތަކެވެ. އެއަށް ފަހު މައިކްޮރޮސފްޓް ސައިޓްތަކެވެ.

ތިންވަނަ ޯހދާފައި ވަނީ ޔާހޫ ސައިޓްތަކެވެ. ފޭސްބުކް އަންނަނީ އޭގެ ފަހަތަށެވެ.

ޮކމްސްޯކރގެ ދިރާސާއިން ދައްކާޮގތުގައި މި އަހަރުގެ ފެބްރުއަރީ މަހު އެމެރިކާގެ 170 މިލިއަން މީހުން ޮއންލައިންޮކށް ވީޑިޯއ

ބަލައިފައި ވެއެވެ. އެވްރެޖްޮކށް މީހަކު ބަލައިފައި ވަނީ 13.6 ގަޑި އިރުގެ ވީޑިޯއއެވެ. މީގެ ތެރެއިން އެންމެ ގިނަ މީހުން އެ ސައިޓެއް

މެދުވެރިޮކށް ވީޑިޯއ ބަލާފައިވާ ސައިޓަކީ ގޫގްލް ސައިޓްތަކުގެ ތެރޭގައި

ވަރޖިން ޮމބައިލް ޔޫއެސްއޭއިން އާ ޖީލުގެ މިޔުޒިކް އެޕްލިކޭޝަނެއް، އެންޑްޮރއިޑް މާރކެޓަށް އަމާޒުޮކށްގެން ނެރެފިއެވެ. ވަރޖިން ޮމބައިލް ލައިވް 2.0 ގެ ނަމުގައި ނެރެވުނު މި އެޕްލިކޭޝަން އެންޑްޮރއިޑްގެ ހުރިހާ ކަސްޓަމަރުންނަށް ވެސް މިހާރު ހިލޭ ލިބެން ހުންނާނެއެވެ. މި އާ އެޕްލިކޭޝަންގައި ކުރީގެ ވަރޖިން ޮމބައިލް

ފްރީފެސްޓްގައި ހިމެނުނު ވީޑިޯއތަކާއި ޗެކްއިން ފީޗަރތައް ވެސް ހިމެނެއެވެ. މި އެޕްލިކޭޝަން ބޭނުންޮކށްގެން ކުރެވޭ ހުރިހާ އަޕްޑޭޓްތަކެއް ވެސް ފޭސްބުކާއި ޓްވިޓަރާ އެކު

ސިންކްކުރެވޭނެއެވެ.

ހިމެނޭ ޔޫޓިޔުބެވެ. ޮއންލައިންޮކށް ހަތަރުވަނަޔަށް އެންމެ ގިނަ މީހުން އެ ސައިޓެއް މެދުވެރިޮކށް ވީޑިޯއ ބަލާ ފޭސްބުކަކީ އެންމެ ގިނައިން

ޮއންލައިންޮކށް ޮފޯޓ ހިއްސާކުރެވޭ ސައިޓެވެ. ޮއންލައިންޮކށް ވީޑިޯއ އެންމެ ގިނައިން ހިއްސާކުރާ ހަތަރުވަނަ ސައިޓަކަށް ފެބްރުއަރީ މަހު ފޭސްބުކް ޮހވިފައި ވަނީ، އެ ލިސްޓުގައި ޖަނަވަރީ މަހު 4 ވަނައިގައި

ޮއތުމަށް ފަހުއެވެ.

ހަތަރުވަނަޔަށް އެންމެ ގިނައިން ީވޑިއޯ ބަލަީނ ފޭސްބުކް މެދުވެރިކޮށް

އެންޑްރޮއިޑް ާމރކެޓަށް ވަރޖިން މޮބައިލުން ާއ މިޔުޒިކް

އެޕްލިކޭޝަނެއް ނެރެފި

Page 29: Sun Magazine 19

29

Page 30: Sun Magazine 19

)ކުރީގެ އަދަދާ ގުޅޭ(

ންކަމެއް ޙާޞިލުކުރަން ތި އުޅެނީ؟"

"މީ ތި ޢާއިލާގެ ކިބައިން އަހަރެން ހިފާ ބަދަލެއް. މިކަން އަހަންނަށް ފުރިހަމަވާނީ ކަލޭގެ ދުވަސްވެސް

ދުއްވާލެވިގެން.""އަހަރެންގެ އާއިލާގެ ކިބައިން ބަދަލު ހިފަން ޖެހޭފަދަ

ކަމެއް ޝިމްލާއަކަށް ޯނންނާނެ. ކީއްވެގެން ތި އުޅެނީ؟" ޝިނާނަށް ހުރެވުނީ ސުވާލުމާކެއްގެ ތެރޭގަ އެވެ. ވާނުވާ ނޭނގިފަ އެވެ. މޫނުމަތިން ފާޅުވާން ހުރީ ހައިރާންކަމާއި އަންތަރީހުގެ ކުލަ

އެވެ. "ޝިނާނަކަށް އެކައްޗެއްވެސް ނޭނގޭނެ." ޝިމްލާ ވަޅި ތިރިޮކށްލި އެވެ. "ބޭނުންތަ އަޑުއަހަން؟ އެހެންވިއްޔާ އަޑުއަހާ!"

ޝިމްލާގެ އަޑާއި ރާގު ބަދަލުވެއްޖެ އެވެ."ކަލޭގެ ބައްޕަ އެއްޮކށްފައި ތިހިރަ މުދަލާއި

ފައިސާއަކީ.... އެނގޭތަ އޭގެ ހައްގުވެރިއަކީ ކާކުކަން؟ ނޭނގޭނެ. އެކަމަކު އެއީ އޭނާގެ މިލްކެއް ނޫން! އޭގެ ހަގީގީ މިލްކުވެރިއަކީ

އަހަރެންގެ މަންމަ. މަންމަގެ ޙައްގެއް އެއީ.""ކީކޭ ޝިމްލާ ތި ކިޔަނީ؟ އެބަ އެނގޭތަ ތި ކިޔޭ

އެއްޗެއް؟""އާނ، އެނގޭ މިކިޔެނީ ކީކޭކަން. ގަބޫލުކުރިޔަސް

ނުކުރިޔަސް، ވާ ނުވާ ނޭނގިފަ ހުރި މީހަކީ ޝިނާން. ޝިނާނަށް އެނގޭތަ ޝިނާނުގެ ބައްޕަ އަރުވާލިކަން؟"

"އާނ، އެނގޭ!" "އޭނަ އަރުވާލީ އަހަރެމެން ރަށަށް. ހުރީ އަހަރެމެންގެ

ގޭގަ. އެދުވަސްވަރު މަންމައަށް ޮހވުނު މާވަހަރަކުން ލިބުނު ފައިސާގަނޑު ފެނިފައި، އެ ފައިސާތަކުގެ ދަހިވެތި ކަމުގައި މަންމައާ ކައިވެނިޮކށް ފައިސާތަކުގެ މައްޗަށް ވެރިވެގަތީ.

އޭނާދެކެ މަންމަވީ ތެދުވެރި ޯލބީގެ ނާޖާއިޒު ފައިދާ ނަގައިގެން މަންމަގެ ދުވަސް ދުއްވައިލީ. ބިކަހާލު ޖައްސާފައި ހުރިހާ

އެއްޗެއް ހިފައިގެން ބެޗީ! މިހާރު ކަލޭމެން އުދުހެމުން ތިދަނީ އެފައިސާތަކުގެ މަތީގައި. އަހަރެންގެ މަންމަގެ ޙައްގެއް

ފޭރިގަނެގެން މުޅި އުމުރު ތިޔަ ހުސްޮކށްލަނީ." ޝިމްލާގެ ވާހަކަ އަޑުއިވުމުން ޝިނާންގެ ހަނދާނަށް އައީ އެއްދުވަހަކު މަންމަ ބުނި އެއްޗެއްގެ ހަނދާނެކެވެ. ޝިމްލާ އެބުނީ ރަނބގަޅު ވާހަކައަކަށް ވެދާނެ އެވެ. ބައްޕަ ވަނީ އެހެން ކައިވެންޏެއް ޮކށްފަ އެވެ. މަންމައާ ކައިވެނި ކުރުމުގެ ކުރިންނެވެ.

މިއިން ކަމަކާ މެދު އިތުރަށް ވިސްނައިލާނޭ ފުރުސަތެއް ޝިނާނަކަށް ނުލިބުނެވެ. ޝިނާނުގެ ހަށިގަނޑަށް އަމާޒުޮކށް ޝިމްލާ ވަޅި މަޅައިގެންފި އެވެ. ލިބުނު ކުއްލި

30

މަރުގެ އިންާޒރުމުހައްމަދު ާގސިމް، އއ. މަތިވެރި

Page 31: Sun Magazine 19

31

ސިހުމާއެކު ތެޅެގަނެވުނު ޮގތަކުން ޝިނާނު އަރި އަޅައިލައިފި އެވެ. އެއް އަރިއަކަށް ކަހަލަ ޮގތަކަށް ވެއްޓިއްޖެ އެވެ. ޝިމްލާވެސް ބަނޑުވަތަށް ކަހަލަ ޮގތަކަށް ވަޅިއާއެކު ވެއްޓިއްޖެ އެވެ. ވަޅީގެ ޮކޅު ޖެހުނީ ޝިނާނު ފަޔާ އިންޗިއެއްހާ ކައިރިއަށް

ތަޅުނގަނޑަށެވެ. ވަޅީގެ ތުނޑު ފަށްނުވިޔަސް ތަށިމުށިގަނޑުގައި

ރެނދުލައިފި އެވެ. އޭރުވެސް ވަޅި ޮއތީ ޝިމްލާގެ އަތުގައެވެ.

ލިބުނު ހަނި ހަނި ފުރުސަތުގައި ޝިނާނު އަވަސް އަވަހަށް ޝިމްލާގެ އަތުގައި ހިފަހައްޓައިފި އެވެ. އޭނާ

އުޅުނީ ވަޅީގެ މުށްގަނޑުގައި ހިފޭޯތ އެވެ. އެހެނަސް ހިފުނީ އޭނާގެ އަތު މުލައްދަނޑީގަ

އެވެ. އޭރު ދެމީހުންވެސް ތިބީ ވެއްޓިފަ އެވެ. ޝިމްލާ މަސައްކަތްކުރީ ޝިނާންގެ އަތުން އަތް ދަމައިގަތުމަށެވެ. ޝިނާން ހީކުރިވަރަށްވުރެ އޭނާ މާ ބާރުގަދަ އެވެ. އެހެންކަމުން ޝިމްލާގެ އަތުގެ މުލައްދަނޑިއަށް އޭނާގެ ނިޔަފަތި ވައްދައިލި އެވެ. އަތުން ބާރު ކަނޑުވައިލެވޭޯތ އެވެ. ޝިމްލާ ހަޅޭއްލަވައިގަތެވެ. އަތުގައި

ޮއތް ވަޅި ދޫވެގެން ތަޅުގަނޑުމައްޗަށް ވެއްޓިއްޖެ އެވެ. ޝިމްލާގެ ހަޅޭކުގެ އަޑުގެ ތެރެއިން ކުއްލިއަކަށް

އިވުނީ ޮކންމެވެސް ބަޔަކު ޮދރުގައި ތަޅައިގަތް އަޑެވެ. މިއަޑު ކަންފަތުގައި ޖެހުމާއެކު ޝިމްލާ ސިހުނެވެ. އޭނާ ވަގުތުން

މަސައްކަތް ފެށީ ޝިނާނުގެ ކިބައިން ސަލާމަތްވެގެން ބަޗާށެވެ. އެހެނަސް ހަމަހޭގައި ހުރެގެން އެފުރުސަތު ޝިނާން ދޭނޭހެއްޔެވެ؟

އެންމެފަހުން ޝިނާންގެ އަތުގައި ޝިމްލާ ދަތްވެސް އަޅައިފި އެވެ. ޝިނާނަށް ދެޯލ މަރައިލެވުނެވެ. ހަޅޭއްލަވައިގަނެވުނެވެ. ވީތަދެއްގެ ޮބޑުކަމުންނެވެ. އެވަގުތު ފެނުނީ ޮދރުފަތުގެ ތަޅު ވިއްސައިގެން ދިޔަތަނެވެ. ޮދރު ހުޅުވަނު ތަނެވެ. ފުލުހުންގެ ފައުޖެއް ގޭތެރެއަށް ވަދެއްޖެ އެވެ. ޝިމްލާ ޯބ އުފުލައިލީ

އެވަގުތުއެވެ. އޭނާގެ އަނގައިން ލޭ ޮއހެއެވެ. ޝިނާންގެ އަތުގެ މުލައްދަނޑިއަށް ޝިމްލާގެ ދަތްޕިލަ ވައްދާލިތަނުން ވެސް ލޭ

ޮއހެމުން ދެއެވެ. ފުލުހުން އައިސް ވަނުމާއެކު ޝިމްލާގެ ގައިން ޝިނާން

ދޫޮކށްލައިފި އެވެ. ދޫޮކށްލީއެއް ނޫނެވެ. ހަކަތަހުސްވީ އެވެ. ޮއތްތަނަށް ދެމުނީ އެވެ. ދެޯލ މެރެމުންދިޔައިރު އޭނާއަށް ފެންނަމުން

ދިޔައީ ފުލުހުން އައިސް ޝިމްލާގެ އަތުގައި ބިޑި އަޅުވާތަނެވެ. ޝިނާން ހޭއެރިއިރު އޭނާ ޮއތީ ޮހސްޕިޓަލުގަ އެވެ.

އޭރު ގަޑިން ހެނދުނު ނުވައެއް ޖަހާފާނެ އެވެ. ޯލ ހުޅުވައިލެވުނު އިރު އޭނާގެ ގާތުގައި އިނީ ފިހާރައިގައި އުޅޭ ދެކުއްޖެކެވެ. އޭނާ އުޅުނީ ތެދުވާށެވެ. އެހެނަސް ނުތެދުވެވުނެވެ. މުޅި ގައިގައި ވޭން އަޅަމުންދެއެވެ. އަތް ވަނީ ބެންޑޭޖުޮކށްފަ އެވެ. ގުޅާފައި ހުރި

އައިވީ ފުޅިން ފަހަރަކު ތިއްކެއް އޭނާގެ ހަށިގަނޑަށް ވަންނަމުން ދެއެވެ.

"ޮކ.... ޮކބާ..... ޝިމް.... ލާ...!" ވަރަށް އުނދަގުލުން ކަހަލަ ޮގތަކަށް ޝިނާނަށް އަހައިލެވުނެވެ. މަޑުމަޑުންނެވެ. އެވަގުތު

އެތަނުން އެއްކުއްޖަކު ދައްކައިލީ އޭނާގެ އަތުގައި ޮއތް ދުވަހު ނޫހުގެ ބޭރުގަނޑުގައި ޮއތް ސުރުޚީ އެވެ.

"ޢާއިލާއެއް ދުއްވާލަން މަސައްކަތްކުރި އަންހެން ގާތިލަކު ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން ހައްޔަރުޮކށްފި" ޝިނާންގެ ޮލލުގައި ފުރަތަމަވެސް އަޅައިގަތީ، އޭނާ ދެޯލ ނޭދި އެދުނު، އޭނާ

އެކުއްޖެއް ދެކެ އިންތިހާއަށް ޯލބިވާ ޝިމްލާގެ ޮފޯޓއެވެ. ޝިނާންގެ ދެޮލލުން ކަރުނަ ޮއހިގަތެވެ. އެވަގުތު އެ ޮކޓަރިއަށް އައިސް ވަނީ

ފުލުހުންގެ ތިން މީހުންނެވެ. )ނިމުނީ(

ޝިމްލާގެ ހަޅޭކުގެ އަޑުގެ ތެރެއިން ކުއްލިއަކަށް އިވުނީ ޮކންމެވެސް ބަޔަކު ޮދރުގައި ތަޅައިގަތް އަޑެވެ. މިއަޑު ކަންފަތުގައި ޖެހުމާއެކު ޝިމްލާ ސިހުނެވެ. އޭނާ ވަގުތުން މަސައްކަތް ފެށީ

ޝިނާނުގެ ކިބައިން ސަލާމަތްވެގެން ބަޗާށެވެ. އެހެނަސް ހަމަހޭގައި ހުރެގެން އެފުރުސަތު

ޝިނާން ދޭނޭހެއްޔެވެ؟

Page 32: Sun Magazine 19

32

ދިވެހި ގައުމީ ފުޓްޯބޅަ ޓީމުގައި އެންމެ ގިނަ ދުވަހު ކުޅުނު ކުޅުންތެރިންނަށް ބަލާއިރު އަލީ އުމަރާއި މުހައްމަދު ޖަމީލަކީ ފާހަގަ ޮކށްލެވޭ

ދެ ކުޅުންތެރިންނެވެ. ނަމަވެސް އެތައް އަހަރަކު ގައުމީ ޓީމަށް ކުޅުމަށް ފަހު މި ދެ ކުޅުންތެރިން މިއަދު ވަނީ ގައުމީ ޓީމުން ބާކީޮކށްފަ އެވެ.

އެކަމަކު އެއީ އެ ދެ ކުޅުންތެރިއެއްގެ ޚިދުމަތުގެ އަގު ޚާއްސަ ޮގތެއްގައި ވަޒަންކުރަން ޖެހޭ ދެ ކުޅުންތެރީންނެވެ.

އަލީ އުމަރު

މަދަރުސަތުލް އަމީރު އަހުމަދުގެ ފުޓްޯބޅަ ޓީމުން ފާހަގަ ކުރެވުނު އަލީ އުމަރަކީ ރާއްޖެ ދުށް އެންމެ ޮމޅު އެއް ޯފވަޑެވެ. ކުލަބު ފެންވަރުގައި އޭނާ އެންމެ ފުރަތަމަ ފެނުނީ ހީނާ އަހުމަދު ސަލީމްގެ ބެލުމުގެ ދަށުން ޔޫތު

ސްޯޕޓްސް ކުލަބުންނެވެ. އޭގެ ފަހުން އަލީ އުމަރުގެ ވިދުން ފެނިގެން ދިޔައީ ވެލެންސިއާގައެވެ. އެ ކުލަބަށް އެތައް އަހަރަކު ކުޅެދިނުމަށް ފަހު ރާއްޖޭގެ އެންމެ ޮމޅު ފުޓްޯބޅަ ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބުނީ 2006 ވަނަ އަހަރު ނިއު ރޭޑިއަންޓްގައެވެ. އޭގެ ފަހުން ވީބީން ފެނުނު ކުޅުނު ކުޅުންތެރިޔާ ގައުމީ ޓީމުން

ބާކީވީ މި އަހަރު އެވެ.އުމުރުން 33 އަހަރު ވީ އަލީ އުމަރު އެންމެ ފުރަތަމަ ގައުމީ ފުޓްޯބޅަ ޓީމަށް ނެގީ 1998 ވަނަ އަހަރުއެވެ. އޭގެ ފަހުން އަބަދުވެސް

ގައުމީ ޓީމަށް ކުޅެމުން އައި ކުޅުންތެރިޔާ ޓީމުން އުނިކުރަން ޖެހުނީ މަދު ފަހަރެއްގައެވެ. ފާނަބަސަންދު ޖެހިގެން އެއް ފަހަރު ބާކީ ކުރަން ޖެހުމާއި، ޮބޑު

އިންޖަރީއެއް ކުރިމަތިވެގެން ނޫނީ އޭނާ ޓީމުން ބާކީޮކށްފަ އެއްނުވެއެވެ.އަލީ އުމަރު ވަނީ އޭނާގެ ފުޓްޯބޅަ ތާރީހުގައި ގައުމީ ޓީމަށް މުހިންމު

މެޗުތަކެއް ކުޅެދީފައެވެ. ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނީ 2001

ވަނަ އަހަރުގެ ޯވލްޑް ކަޕް ޮކލިފައިންގައި ކެމްޯބޑިއާއާ ދެޮކޅަށެވެ. އެ މެޗުގައި

ކެމްޯބޑިއާ ޮކޅަށް ދެ ޯގލު ޖެހި އަލީ އުމަރަކީ ގައުމީ ޓީމަށް އެންމެ ގިނަ ޯގލު

ޖަހައިދިން އެއް ކުޅުންތެރިޔާ ވެސް މެއެވެ. އަނެއްޮކޅުން މިހާތަނަށް ކުޅުނު ހުރިހާ

ސާފް ޗެމްޕިއަންޝިޕެއްގައި ގައުމީ ޓީމު ތަމްސީލު ކުރި

ހަމައެކަނި ކުޅުންތެރިއަކީ ވެސް

އަީލ އުމަާރއި ޖަީމލު ގައުީމ ީޓމުން ާބީކވުން

އެ ދެ ކުޅުންތެރިންގެ އަގު ވަޒަންކުރަން ޖެހޭ

Page 33: Sun Magazine 19

33

އަލީ އުމަރެވެ. ފުރަތަމަ 11 އިން ޖާގަ ނުލިބުނަސް އޭނާ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ގައުމީ ޓީމުގައި ވެސް ހިމެނި

ސެމީ ފައިނަލް މެޗުގައި ކުޅެފަ އެވެ.

އަލީ އުމަރުގެ މުހިންމު ކާމިޔާބީތައް

އޭނާ ވަނީ ދެ ފަހަރެއްގެ މަތީން 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ޯހދައިފަ އެވެ. އަދި ވެލެންސިއާގެ ޖާޒީގައި ޮޕމިސްކަޕުގެ އެންމެ ޮމޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ޮމޅު ޯފވަޑުގެ

މަގާމު ޯހދިއެވެ. މީގެ އިތުރުން 2000 ވަނަ އަހަރުގެ ސީޒަނުގައި އެންމެ ގިނަ ޯގލު ޖަހައިގެން ރަންބޫޓު ޯހދީ ވެސް އޭނާއެވެ. އެފް.އޭ.އެމާއި ހަވީރުން ޮހވާ އެންމެ ޮމޅު ފުޓްޯބޅަ ކުޅުންތެރިޔާގެ

މަގާމު 2006 ވަނަ އަހަރު ލިބުނު އިރު އޭނާ ވަނީ ތިން ކުލަބެއްގެ ކެޕްޓަންކަން

ވެސް ޮކށްފައެވެ. އެއީ 2004 ވަނަ އަހަރު އައި.އެފްސީގައާއި 2006 ވަނަ

އަހަރު ނިއު ރޭޭޑިއަންޓްގައި އަދި ޖެހިގެން އައި އަހަރު ވީބީގަ އެވެ.

ކުލަބު ފުޓްޯބޅަ ކެރިއަރު

1997 - ޔޫތު ސްޯޕޓްސް ކުލަބް1998 - 2003 ކްލަބް ވެލެންސިއާ

2004 - އައިއެފްސީ އާއި ވެލެންސިއާ2005 - ކްލަބް ވެލެންސިއާ

2006 - ނިއު ރޭޑިއަންޓް ސްޯޕޓްސް ކުލަބު2007 - އިން ފެށިގެން ވީބީ ސްޯޕޓްސް

މުހައްމަދު ޖަމީލް

ގާތް ރައްޓެހިން އޭނާއަށް ޯޖން ޓެރީގެ ނަމުން މުހާތަބް ކުރަނީ ހަގީގަތުގައި ވެސް ޖަމީލްގެ ކިބައިގައި ޓެރީއާ އެއްފަދަ ސިފަތަކެއް ހުރުމުންނެވެ. އޭނާއަކީ

ދަނޑުމަތީގައި ލީޑުކުރަން އެނގޭ ނުފޫޒުގަދަ ކުޅުންތެރިއެކެވެ. ފަހަތަށް ކުޅެމުން ކުރިއަށް އަރާ މުހިންމު ވަގުތުތަކުގައި ޯގލު ޖަހައިދީ ޓީމަށް ކާމިޔާބު ޯހދައިދީފައިވާ ކުޅުންތެރިއެކެވެ. އުމުރުން 35 އަހަރުގެ ޖަމީލް ވަނީ އޭނާގެ ޯގލުތަކުން ނިއުއަށް ގައުމީ މުބާރާތް އަދި ވިކްޓަރީއަށް އެފް.އޭ.ކަޕް ކާމިޔާބު

ޮކށްދީފައެވެ.ކުޑަމޫސަގެ ބެލުމުގެ ދަށުން ކ. އަޮތޅު ހުރައިން ފާހަގަ ކުރެވުނު ޖަމީލަކީ ގައުމީ ޓީމަށް ކުޅެން ފެށީއްސުރެ އެންމެ މެޗެއް ވެސް ވައްޓާނުލައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާއެވެ. އަލީ އުމަރެކޭ އެއްފަދައިން އޭނާ ވެސް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2001 ވަނަ އަހަރުގެ ޯވލްޑް ކަޕް

ޮކލިފައިންގައި ކެމްޯބޑިޔާއާ ދެޮކޅަށެވެ. ގައުމީ ޓީމަށް ކުޅުނު އަލަތު މެޗުގައި މޭންމާކަރަކަށް އެންމެ ފުރަތަމަ ކުޅުނަސް، އެ މެޗުގެ ވަކި ހިސާބަކުން

އައްސަދު އަބުދުލްގަނީ ކުޅެން ނުކުތުމުން ޖަމީލް މެދުތެރެއަށް ވެސް ކުޅެން ޖެހުނެވެ.

އިންޑިވިޖުއަލް ފެންވަރުގައި މާގިނަ ކާމިޔާބީތަކެއް ލިބިފައި ނުވި ނަމަވެސް ޖަމީލަކީ އޭނާ ކުޅުނު ޓީމުތަކަށް ގިނަ ކާމިޔާބީތަކެއް ޯހދައިދިން

ކުޅުންތެރިއެކެވެ. މި ޮގތުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރީ އޭނާއެވެ. އޭގެ ކުރިން 2002

ވަނަ އަހަރު ބަންގްލްދޭޝްގައި ޮއތް ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ޯހދި ޓީމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ. އަދި ދެކުނު ޮކރެޔާއާއެކު ގައުމީ ޓީމު އެއްވަރު ކުރި މެޗުގައި މަޝްހޫރު އާން ޖުންހުވާން މާކްޮކށްގެން

ކުޅުނު ޑިފެންޑަރަކީ ވެސް ޖަމީލެވެ.ކުލަބު ލެވެލްގައި ޖަމީލް ވަނީ އައި.އެފްސީ އާއި ވެލެންސިއާގެ ކެޕްޓަންކަން ވެސް ޮކށްފައެވެ. ޒުވާން ކުޅުންތެރިއެއްގެ ޮގތުގައި ހުއްޓައި

އައި.އެފްސީގެ ކެޕްޓަންކަން އޭނާ އަށް ލިބުނީ ކެޕްޓަން ބޭންޑާ ހެދި އޭރުގެ ބައެއް ސީނިއާ ކުޅުންތެރިން ޯކޅެން ފެށުމުން ކުޅުންތެރިންގެ މެދުގައި ނެގި ޯވޓަކުންނެވެ. އަދި ތިން އަހަރު ވަންދެން ވެލެންސިއާގެ ބޭންޑް އެޅި އިރު އޭނާ ވަނީ ދިވެހި ލީގާއި ކަޕްވިނާސް ކަޕުގެ އިތުރުން 10 އަހަރަށް ފަހު

ފުރަތަމަ ފަހަރަށް ގައުމީ ތަށި ވެސް އެ ޓީމަށް ޯހދައިދީފައެވެ.

ކުލަބު ކެރިއަރު

1999 2000- - ހުއްރިއްޔާ ސްޯޕޓްސް ކުލަބު2001 - ކުލަބު ވެލެންސިއާ2003-2002 - އައިއެފްސީ

2004 - އައިއެފްސީ އާއި ނިއު ރޭޑިއަންޓް2005 - ނިއު ރޭޑިއަންޓް ސްޯޕޓްސް ކުލަބު

2006 - 2009 - ކްލަބް ވެލެންސިއާ2010 - ވިކްޓަރީ ސްޯޕޓްސް ކުލަބު

2011 - ނިއު ރޭޑިއަންޓް ސްޯޕޓްސް ކުލަބު ------------------------------------------------------------

ޮފޯޓތައް: ޯމލްޑިވް ޮސކަރ

Page 34: Sun Magazine 19

34

ޖާހިލިއްޔަތުގެ ޮގވެލި

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

ކައުސާހިބާ ޞައްލަهللا ޢަލައިހި ވަ

ސައްލަމަ ބަނުލް މުޞްޠަލިޤު ވަންހައިގެ ހަނގުރާމައިން

އެނބުރި މަދީނާއަށް ވަޑައިގެންނެވި އިރުގެ

ޙާދިޘާއެކެވެ. އިތުރު ސާހިބާ އިސްލާމީ ލަޝްކަރާއިގެން

މަންޒިލަކަށް މަޑުކުރެއްވިއެވެ. އެ މަންޒިލުގައި ފެންވަޅެއް ހުއްޓެވެ. އެ ވަޅުގެ ނަމަކީ މުރައިސީ އެވެ. އެ ވަޅުން

ފެން ބަލައި ދިޔަ ދެ މުސްލިމެއްގެ ދެމެދުގައި

ޒުވާބެއް ހިނގިއެވެ. އެ ދެ މުސްލިމުން ކުރެ އެކަކީ މުހާޖިރިއްޔަ ބޭކަލުންނާ

ގުޅުން ހުރި މީހެކެވެ. އަނެކަކީ އަންޞާރިއްޔަ ބޭކަލުންގެ ފަރާތުގެ މީހެކެވެ. އެ ދެ މީހުންގެ ޒުވާބު ގަދަވެ އެކަކު އަންޞާރިއްޔަ ބޭކަލުންނަށް

ޮގވާން ފެށިއެވެ. އަނެކަކު މުހާޖިރުންނަށް ޮގވާން ފެށިއެވެ. އެހައިތަނުން މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ދެ ޖަމާޢަތް

ދެ ފަރާތަށް ޖަމާވެއްޖެއެވެ. ދެ ޖަމާޢަތުގެ ބޭކަލުންނަށް ވެސް ތިއްބެވޭ ޮގތް ވީ ދެ ފަރާތަށް ބެހިވަޑައިގެންފައެވެ. އެ ޖަމާޢަތެއްގެ ބައިވެރިޔާއަށް ތާއީދުކުރެއްވޭ ޮގތަށެވެ. އަންޞާރުންނާއި މުހާޖިރުންގެ މެދުގައި ވެސް ބައްސެރިވެވަޑައިގެންނެވި

އެއަށްވުރެ މާ މައްޗަށް ކަންތައް ދިއުމާ ގާތަށް ހިނގައްޖެއެވެ.

ރަސޫލުهللا ޞައްލަهللا ޢަލައިހި ވަ ސައްލަމައަށް އެހައިތަނުން އެ ޚަބަރު ލިބިވަޑައިގެންފިއެވެ. އިތުރު

ސާހިބާ އެ ތަނަށް ފައިންޕުޅު ބީއްސަވައި ސުވާލުކުރެއްވިއެވެ. މި ޮގވެނީ ޖާހިލިއްޔަތުގެ

ޮކން ޮގވެއްޔެއް ހެއްޔެވެ؟ އެތާނގައި ތިއްބެވި ބޭކަލުން ކަން ވެގެން އުޅޭ ޮގތުގެ ވާހަކަ ދެންނެވިއެވެ. އިތުރު ސާހިބާ ޞައްލަهللا ޢަލައިހި ވަ ސައްލަމަ

ޙަދީޘުކުރެއްވިއެވެ. "ތިޔަ ކަންތައް ހުއްޓައިލާށެވެ. ތިޔަހަރީ ހައްތާވެސް ވިޔާނުދާ ވާހަކަތަކެވެ." )ޙަޔާތުއްޞަޙާބާ: 1/73-472(

ކައުސާހިބާ ޞައްލަهللا ޢަލައިހި ވަ ސައްލަމަ އެ ދެ ޖަމާޢަތުގެ

ބޭކަލުންގެ ޮގވައިލެއްވުމަށް ޖާހިލިއްޔަތުގެ ޮގވައިލުމުގެ ނަން ދެއްވީ ކީއްވެގެންޯތއެވެ؟ އާދެ،

އެއީ ދެ މީހެއްގެ ދެމެދުގައި ޮއތް އިންފިރާދީ މަސްއަލައެއް ޤައުމުގެ

ޣީރަތާއި ފަޚުރުވެރިކަމާ ގުޅޭ މައްސަލައަކަށް ހަދައިލެވުމުންނެވެ.

ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް ދިމާވާ މަސްއަލައެކެވެ.

އެކި ޖަމާޢަތް ޖަމާޢަތަށް ނުވަތަ އެކި އަވަށް އަވަށަށް ނިސްބަތް

ވާ ދޭދޭ މީހުންގެ މެދުގައި މަސްއަލަތައް އުފެދެއެވެ.

ދެބަސްވުމާއި ޚިޔާލުތަފާތުވުންތައް އުފެދެއެވެ. ނަމަވެސް އެފަދަ ދެބަސްވުންތައް ދެ ޖަމާޢަތަށް

ނުވަތަ ދެ އަވަށަށް ނިސްބަތްޮކށް މަސްއަލަ ފުޅާޮކށްލުމަކީ ބޭނުމެއް ނެތް ޮގތުގައި ޮބޑު ފިތުނައަކަށް ދަޢުވަތު

ދިނުމެވެ. އާދެ، އެއްވެސް ބާވަތެއްގެ ޒާތީ މަސްއަލައެއް ނުވަތަ ހަނި ދާއިރާއެއްގެ މަދު ބަޔެއްގެ މަސްއަލައެއް ފުޅާޮކށް ޖަޒުބާތީ ޮގވެލިތަކާއި

ނަޣުރާތަކުގެ ޒަރީއާއިން ރަށު މަސްއަލައަކަށް ނުވަތަ ޤައުމީ މަސްއަލައަކަށް ހެދުމަކީ ޖާހިލިއްޔަތުގެ ޢަމަލެކެވެ. އެފަދަ ކަމަކަށް ޮގވާލުމަކީ ޖާހިލިއްޔަތުގެ

ޮގވެލިފައްޗެއް ޮގވުމެވެ. ފަރުދީ މަސްއަލަތަކާއި ވިލިވިލީގެ

މަސްއަލަތައް ޙައްލުކުރާން ޖެހޭނީ އޭގެ ދާއިރާގައި ބާއްވައިގެންނެވެ. އެފަދަ މަސްއަލައެއް ޖަޒުބާތީ ޮގތުން ޮބޑު ސިންގާ ކަމަކަށް ހަދައިލައިފި ނަމަ އެއީ ކިތަންމެހައި ވެސް ނުރައްކާތެރި ކަމެކެވެ. ޤައުމީ އެއްބައިވަންތަކަމަށް، ރަށުގެ ސަލާމަތަށް ޖަހައިލެވޭ ޮގންޖެހުމެކެވެ. އެއީ ޖާހިލިއްޔަތުގެ

ޮގވެއްޔެކެވެ. ޖާހިލިއްޔަތުގެ ޮގވެލިތަކަކީ ހަލާކާއި ގެއްލުން

ފިޔަވައި އެހެން އެއްވެސް ނަތީޖާއެއް ފެންނާނޭ ކަމެއް ނޫނެވެ. ކުޑަކުޑަ މަސްއަލައެއް ޮބޑު ނުޮކށް އެ މަސްއަލަ ޮއތް ވަރަށް

ބާއްވައިފި ނަމަ އެ މަސްއަލައެއް ޙައްލުކުރުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް މަސްއަލައެއް ޮބޑުޮކށް ފުޅާޮކށްފި ނަމަ އެކަމެއް ހަމަޔަކަށް އެޅުވޭނީ

މަސްއަލަ ޮބޑުކުރި މީހުންނަށް ވެސް ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ޮބޑު އަގެއް ދައްކައިގެންނެވެ.

... ޒާތީ މައްސަލައެއް ... ފުޅާޮކށް ޖަޒުބާތީ ޮގވެލިތަކާއި ނަޣުރާތަކުގެ ޒަރީޢާއިން ރަށު މައްސަލައަކަށް

ނުވަތަ ޤައުމީ މައްސަލައަކަށް ހެދުމަކީ ޖާހިލިއްޔަތުގެ އަމަލެކެވެ.

Page 35: Sun Magazine 19
Page 36: Sun Magazine 19